އޭދަފުށިން ގޯއްޗަށް އެދި 650 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި

އޭދަފުށި– ފޮޓޯ/ރުސްދާން

ބ. އޭދަފުށީ ހިއްކި ބިމުން ދޫކުރާ ގޯތިތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 650 އަށް ވުރެ ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ހިއްކި ބިމުން ފުރަތަމަ ބުރުގައި ދޫކުރާ 1400 އަކަފޫޓްގެ 158 ގޯއްޗަށް ކުރިމަތިލާން މިދިޔަ މަހު ހުޅުވާލި ފުރުސަތު ހަމަވީ މިއަދު އެވެ.

އޭދަފުށީ ކައުންސިލުން މިރޭ ބުނީ ގޯއްޗަށް އެދި 650 އެއްހާ ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

އޭދަފުށީ ކައުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް ވެރިފައި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބިން ފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅު ހިއްކައި ރަށުގެ ބޮޑުމިން 31 ހެކްޓަރުން 51 ހެކްޓަރަށް ބޮޑު ކުރީ، ރައީސް ޔާމީނުގެ ވެރިކަމުގައި 2014 ވަނަ އަހަރެވެ. އޭގެ ފަހުން ގޯތި ދޫކުރާ މިއީ ފުރަތަމަ ފަހަރެވެ.

އޭދަފުށިން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 1989 ވަނަ އަހަރުއެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Anonymous

    Bin furi thohjehifaivaa zamaaneh gai 1400 akafootuge goathi dhinumakee v beyinsaafun kurevey kameh.1000 akafoot rangalhuvaane.raees yaameen hikki bimun goathi mdp meehunnah hiley dhinumakee adi e ah vure beyinsaafu kameh. Goathi jeheyni vihkkan

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.