އޭދަފުށީ ކައުންސިލުން މޫދަށް ކުނި އަޅަނީ

އޭދަފުށީ ކައުންސިލުން މޫދަށް ކުނިއަޅަނީ

ބ. އޭދަފުށީ ކައުންސިލުން މޫދަށް ކުނިއަޅާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބަދިގެތަކުން ނެރޭ ބާކީވާ ކާބޯތަކެތި ޕްލާސްޓިކް ކޮތަޅު ތަކާއެކު އުލާފައިވާ މަންޒަރު ފެނެ އެވެ. އަދި އެ ސަހައްދުން މޫދު އެއްކޮށް އޮތީ ޕްލާސްތިކު ކޮތަޅާއި ކުނިބުނިން ތަޣައްޔަރުވެފަ އެވެ.

މިރަށު ބައެއް މީހުން ބުނިގޮތުގައި ރަށު ކައުންސިލުން އެގޮތަށް މޫދަށް ކުނި އެޅުމަކީ އާއްމު ކަމެކެވެ. ކައުންސިލުން އެފަދަ ކަންކަން ކުރާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލްމީޑިއާގައި ކަންބޮޑުވުން ފާޅު ކޮށް މޫދަށް ކުނި އެޅުމަކީ މަނާކަމެއްކަން ވެސް ހަނދާންކޮށްދެމުންނެވެ.

އޭދަފުށީ ކައުންސިލުން މޫދަށް ކުނިއަޅަނީ

އޭދަފުށީގެ ގޭ ބިސީތަކުގަ އާއި އެހެނިހެން ތަންތަކުގައި އުފެދޭ ކުނި، އުކާލަން މަހަކު 100ރ.ގެ ފީއެއް ނަގައެވެ.  އަދި އަމިއްލަ ވިޔަފާރިތަކާއި އޮފީސް ކުންފުނިފަދަ ތަންތަކުން ކުނި އުކާލުމަށް 200ރ އާއި 1000ރ އާ ދެމެދުގެ އަގެއް ނަގައެވެ.

މި ގޮތަށް ކުނި އެޅުމަކީ ތިމާވެއްޓާ ބެހޭ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އަދި އެގޮތަށް އަމަލު ކުރާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.