ކްލަބް އޭދަފުށީގެ މާކެޓިން ޕާޓްނަރަކަށް ސައިން އޯ ފްރޭމް

ކްލަބް އޭދަފުށީގެ ޗެއާމަން ތޮލާލް އަބްދުއްރަހްމާން އާއި ސައިން އޯ ފްރޭމްގެ މާކެޓިން އެގްޒެކެޓިވް އަހްމަދު ނިޔާޒު އެއްބަސްވުމުގައި ސޮއިކުރަނީ

ކްލަބް އޭދަފުށީގެ މާކެޓިން ޕާޓްނަރެއްގެ ގޮތުގައި ސައިން އޯ ފްރޭމް ހަމަޖައްސައިފި އެވެ.

ކްލަބް އޭދަފުށީގެ މާކެޓިން ޕާޓްނަރަކަށް ސައިން އޯ ފްރޭމް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކުރެއްވީ މިއަދު ސައިން އޯ ފްރޭމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކްލަބް އޭދަފުށީގެ ޗެއާމަން ތޮލާލް އަބްދުއްރަހްމާން އާއި ސައިން އޯ ފްރޭމްގެ މާކެޓިން އެގްޒެކެޓިވް އަހްމަދު ނިޔާޒު އެވެ.

ކްލަބް އޭދަފުށިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ކްލަބަށް ސްޕޮންސާޝިޕް ހޯދުމަށާއި ބެނާ އަދި ޖޯޒީ ފަދަ ތަކެތި ޕްރިންޓް ކޮށްދިނުމުގައި ސައިން އޯ ފްރޭމުން އެހީތެރިވާނެ އެވެ. މީގެ އިތުރުން ކްލަބުން ހިންގާ ހަރަކާތްތައް ސޯސަލް މީޑިއާ ގައި މާކެޓް ކޮށްދޭނެ ދިނުމުގައި ސައިން އޯ ފްރޭމްގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނާނެ ކަމަށްވެސް އެކްލަބުން ބުންޏެވެ.

ކުޅިވަރުގެ ތެރެއިން އޭދަފުށި އެހެން ހަރުފަތަކަށް ގެންދިއުމުގެ މަގުސަދުގައި 2018 ވަނަ އަހަރު ވުޖޫދުކުރި ކްލަބް އޭދަފުށި އަމާޒުހިފާފައިވަނީ ކުޅިވަރުގެ ރޮނގުން ދެވެން އޮތް އެންމެ އުހަށް ދިއުމެވެ. އަދި އެ މަސައްކަތުގައި ވަރުބަލިވުމެއްނެތި ކްލަބްގެ ހިންގުންތެރިން ދެމިތިބޭނެކަމުގެ ޔަގީންކަން އެ ފަރާތްތަކުން ދެ އެވެ.

އެ ކްލަބުން މިހާރުން އަންނަނީ އޭދަފުށީ ފުޓްބޯޅަ އަދި ބެޑްމިންޓަން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. އަދި އެފްއޭމުން ކުރިއަށްގެންދާ އެޓޯލް ޕްރޮޖެކްޓް، “ޓުވާޑްސް ފިއުޗާ” ބެނާގެ ދަށުން ކުޅުންތެރިން ތަމްރީނު ކުރަން ވެސް ދާދިފަހުން އެ ކްލަބުން ވަނީ ހަވާލުވެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.