ދިރާގުން ހިލޭ އިންޓަނެޓް ކަނެކްޝަން ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްޖާދު ވާހަކަދައްކަވަނީ: އޭޑީއެސްއެލް ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށް.-- ފޮޓޯ: ދިރާގު
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމްޖާދު ވާހަކަދައްކަވަނީ: އޭޑީއެސްއެލް ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށް.– ފޮޓޯ: ދިރާގު

 

ދިރާގުން ހިލޭ އޭޑީއެސްއެލް އިންޓަނެޓް ކަނެކްޝަން ގުޅައިދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް އިންޓަނެޓުގެ ހިދުމަތް ދެމުން ގެންދާ ދިރާގުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާ އޭޑީއެސްއެލް ޕްރޮމޯޝަންގައި، ގޭގެއަށާއި ކުދި ވިޔަފާރިތަކަށް ހިލޭ އޭޑީއެސްއެލް ކަނެކްޝަން ގުޅައި ދޭނެ ކަމަށެވެ.

މާލޭގެ އިތުރުން، އޭޑީއެސްއެލް ހިދުމަތް ލިބޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހިލޭ ކަނެކްޝަން ގުޅައި ދެނީ ޕްރޯ އަންލިމެޓްޑް 15 އެމް، ޕްރޯ އަންލިމިޓެޑް 5 އެމް، ޕްރޯ އަންލިމިޓެޑް 1 އެމް، ހޯމް ޕްރިމިއާ 10އެމް، ހޯމް ޕްރިމިއާ 4އެމް، ހޯމް ޕްލަސް، ސްޓޫޑަންޓް ސްޓާޓާ، ސްޓޫޑަންޓް ލައިޓް، ހޯމް އަލްޓްރާ ފާސްޓް ޕްލަސް، ހޯމް އަލްޓްރާފާސްޓް އަދި ކުދި ވިޔަފާރި ތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ފިކްސްޑް ބްރޯޑްބޭންްޑް ބިޒްނަސް ޕެކޭޖުތަކަށެވެ.

ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަކްބިލް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ އައު އަހަރު ފެށި ސްކޫލްތައް ހުޅުވޭ ދުވަސްވަރަށްވުމުން ގިނަ ބެލެނިވެރިން ދަރިވަރުންގެ ކިޔެމުގެ މަސައްކަތައް އިންޓަނެޓު ހިދުމަތް ފަސޭހަކާމާއެކު ފޯރުކޮށްދިނުން ކަމަށެވެ.

“މިފަދަ ދަންޑިވަޅެއްގައި މުޅިން ހިލޭ ހިދުމަތް ގުޅައި ދިނުމަށް ނިންމުމުން ބެލެނިވެރިނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ދެކެން. ދިރާގު ޓީވީ ބެއްލެވުމަށް ޝައުގުވެރިވާ ފަރާތްކަށާއި ފިސްޑް ބްރޯޑްބޭންޑު ނެގުމަށް ބޭނުންވާ ވިޔަފާރިތަކަށްވެސް މުހިއްމު ޕްރޮމޯޝަނެއްކަމަށް އުންމީދުކުރަން.” އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން އޭޑީއޭސްއެލް ޕްރޮމޯޝަނެއް ފަށާފައިވާއިރު، އެ ކުންފުނިން ދަނީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީ އިންޓަނެޓުގެ ހިދުމަތް ދޭން ނިންމައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Mohamed Waheed

    އޭދަފުށީ ޓައިމްސް އަކީ ހަމަ އޮންލައިން ނޫހެއްބާއޭ ހިތައްއަރާ ސަބަބަކީ ތިންހަތަރު މަސްވާއިރުވެސް ހަމަ ހުންނަނީ އެއްޚަބަރުތަކެއް ބަދަލެއްނާދޭ މީގެ އިތުރުން ހުންނަ ޚަބަރުތަކުގައި އެއްވެސް އޮއްޓަރެއް ނުހުންކަން ފާހަނގަކުރެވޭ މިކަންކަން ރަނގަޅުކުރުމަކީ އީޓީގެ ޒިންމާއަކަށް ހަދަންވެއްޖެކަމަށް ފެނޭ؟ އަދި އުއްމީދުކުރަނީ މިކަންކަން ރަނގަޅުކުރާނެކަމަށް……

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.