ފެރީ ދަތުރުފަތުރުގެ ހިދުމަތް އަލުން ފަށައިފި

ދީބާޖާ އިން ބ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ބޭނުންކުރާ އުޅަނދެއް: އެ ކުންފުނީގެ ހިދުމަތް އަލުން ވަނީ ފަށާފައި– ފައިލްފޮޓޯ

ދީބާޖާ އިން ބ. އަތޮޅުގައި ދެމުން އަންނަ ދަތުރުފަތުރުގެ ހިދުމަތް މިދިޔަ މަހުގެ ތެރޭގައި ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ހިދުމަތް ހުއްޓާލާފައިވަނީ ކުންފުންޏަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީއެވެ. ފެރީގެ ޚިދުމަތް މިދިޔަ ހަފްތާތެރޭ އަލުން ފަށާފައިވަނީ ފެރީގެ ޚިދުމަތް އަލުން ފެށުމަށް ބ. އަތޮޅު ކައުންސިލުން އެ ކުންފުންޏަށާއި ޓްރާންސްޕޯޓް މިނިސްޓްރީއަށް ގޮވާލާފައިވަނިކޮށެވެ. ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށި އިރު، މިއަތޮޅު ދެކުނުބިތުގެ ދަތުރުތައް އަދި ނުފަށަ އެވެ. ނަމަވެސް ވަރަށް އަވަހަށް ދެކުނުބިތުގެ ފެރީތައްވެސް އޮޕަރޭޓް ކުރާނެކަމަށް އަތޮޅު ކައުންސިލުގެ އޮފިޝަލު ވިދާޅުވި އެވެ.

ފެރީ ހިދުމަތް ހުއްޓުމާ ގުޅިގެން އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކެއް ވެސް އުފުލަން ޖެހި، އެކަމުގެ ޝަކުވާތައް ބޮޑުވެފައިވެ އެވެ.

ދީބާޖާއިން މި ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވާ މި ޚިދުމަތް މެދުކަނޑާލި ކަނޑާލުމަކީ ރައްޔިތުން ބިކަ ކުރުމަށް ކުންފުނިން ހިންގި ވަރަށް ދަށުދަރަޖައިގެ ޢަމަލެއްކަން އަތޮޅުކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީން މިކަމާމެދު ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައިނުވާތީ، އެ މިނިސްޓްރީންވެސް މިކަމުގައި އިހުމާލުވެފައިވާ ކަމަށް އަތޮޅު ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    bAgA

    ފެރީގެ ދަތުރުތައް އޮންނަގޮތުގެ ޝެޑިއުލް ބައެއްރައްރަށުގެ އޮފީހުން އުޅެނީ ފޮރުވައިގެން . މިކަމާ އޮފީހުން ޒިންމާއެއް ނުނަގާ އަދި ހެއްވާކަމަކީ ބައެއްދުވަސް ދުވަހު ކޭޝިޔަރު ބަލިވާނެ ~! އަޑީ ތެޔޮފައިބާނެ އަނެއްދުވަހު ތެޔޮ ބަންދުވާނެ މީހަކު އަރާ ރަނގަޅު ނުކުރިއަސް އެމީހުން ތަދުރު ކުރަނީ ހިތަށް އެރި ދުވަހަކު ހިތަށް އެރި ގަޑިއެއްގައި މީދޮގެއްނޫން ؟

    ރައްދު
  2. Avatar
    Mohamed

    ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށި އިރު، މިއަތޮޅު ދެކުނުބިތުގެ ދަތުރުތައް ނުފެށިފަިވާކަމީ ހިތާމަކުރަންޖެހޭ ކަމެއް.މިކަން ހައްލުކޮށްދިނުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އާދޭހާއެކު ދަންނަވަން…

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.