މިއަހަރު އޭދަފުށިން ބިން ހިއްކަން ހަމަޖެހިފައިވާކަން ސަރުކާރުން ހާމަކޮށްފި

މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް. މިއަހަރު އޭދަފުށިން ބިން ހިއްކަން ހަމަޖެހިފައިވާކަން ސަރުކާރުންވަނީ ހާމަކޮށްފައި

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މިއަހަރު އޭދަފުއްޓާއެކު ރާއްޖޭގެ ހަ ރަށެއްގައި ބިން ހިއްކަން ހައުސިން މިނިސްޓްރީން ނިންމައި އެކަން ހާމަކޮށްފި އެވެ.

އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އޭދަފުށި ފިޔަވައި ބިންހިއްކަން ނިންމާފައިވާ ހަރަށްކަމަށް ހައުސިން މިނިސްޓްރީން އިއުލާންކުރީ ތ.ގުރައިދޫ، ކ.މާފުށި، ދ.ކުޑަހުވަދޫ، ދ.މީދޫ އަދި ކ.ގުރައިދޫ އެވެ.

އޭދަފުށި ފިޔަވައި ބިންހިއްކާނެކަން ދެންއިއުލާންކުރި ފަސްރަށަކީ މިއަހަރުގެ ބަޖެޓް މަޖިލީހަށް ސަރުކާރުން ހުށައެޅިއިރުވެސް ހިއްކަން ހަމަޖެހިފައިވާ ފަސްރަށެވެ.

އީޓީއަށް އެނގިފައިވާ ގޮތުގައި އޭދަފުށި މިރަށްތަކުގެ ތެރެއަށް އިތުރުކުރެވިފައި މިވަނީ ބަޖެޓްކޮމެޓީން ބަޖެޓަށްގެނައި އިސްލާހުތަކުގެތެރެއިން މަޖިލީހުގައި ހިމެނޭ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވަރަށްބޮޑަށް ބާރުއަޅުއްވައިގެންނެވެ.

ޓީވީއެމްއަށް މައުލޫމާތުދެއްވަމުން ހައުސިން މިނިސްޓްރީން ބުނީ، މިހަރަށުގެ ބިންހިއްކުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާ ހަވާލުކޮށްގެން ކަމަށާއި، ހަރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން ހަދަންޖެހޭ އެންވަޔަރޮމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓް ހެދުމަށް ޝައުޤުވެރިވާބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.

އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު އީޓީއަށް ވިދާޅުވީ، ސަރުކާރުން މިކަން ހާމަކުރުމާ ގުޅިގެން ވަރަށްބޮޑަށް އުފާވެއްޖެކަމަށާ، މިކަން ކުރިޔަށްދާގޮތް ވަރަށްގާތުން އަބަދުވެސް ބަލަމުން ދާނެކަމަށެވެ.

އޭނާ ވިދާޅުވީ ބަޖެޓްގައި އޭދަފުށި ހިމެނުމަށް ބަޖެޓް ކޮމެޓީގައި އޭނާ ވަރަށްބޮޑަށް މަސައްކަތްކުރެއްވިކަމަށާ، އަމަލީ މަސައްކަތްފެށުމަށް ކައުންސިލާ ރައްޔިތުންވެސް ބާރުއަޅަންޖެހޭ ކަމަށެވެ.

“އަޅުގަނޑު ބަޖެޓްކޮމެޓީގައި ބުނިން ލާހިކެއްނޫނޭ އޭދަފުށި ނުހިމަނާ ބަޖެޓް ފާސްކުރާކަށް. އެވަރަށް ހިފަހައްޓާލީމަ މިކަން މިވީ. ދެންއޮތީ މިކަން ތަންފީޒުކުރުވުން. ކައުންސިލުން ވަރަށްބޮޑަށް މަސައްކަތް ކުރަންޖެހޭނެ. ރައްޔިތުންވެސް. އަދި އަޅުގަނޑުވެސް ދުލެއް ނުދޭނަންމަސައްކަތް ނުފަށަނީހެއް.”

ބިންފުރި ގޯތި ދޫނުކުރާތާ 23 އަހަރުވެފައިވާ އޭދަފުށީގެ މިހާރުގެ ބޮޑުމިނަކީ 30 ހެކްޓަރުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އީޓީއަށް އެނގިފައިވާ ގޮތުގައި އޭދަފުށީގެ ފަޅުން އިތުރަށްހިއްކުމަށް ނިންމާފައިވަނީ 22 ހެކްޓަރގެ ބޮޑު ސަރަހައްދެކެވެ. އެހެންވެއްޖެނަމަ އޭދަފުށީގެ އިރުމައްޗާ ދެކުނު އަދި ހުޅަނގުކޮޅު ފަޅުގައި ބާކީއޮތްބައި ގާތްގަނޑަކަށް އެކީ ހިއްކަންޖެހޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

 1. Avatar
  Mohamed

  ސަރުކާރުން ބިންެއް ހިއްކަނީ އެއްފަސްކުރުމަށް ނަމަވެސް އޭދަފުށި ރައްޔިތުންގެ އެދުމަކީ ރަށުގެ ރައްޔިތުންނަށް ގޯތި ދިނުން.މިދެކަންތައް ދިމާކުރާނީ ކިހިނެއް؟ މިހާރުވެސް ތައުލީމު ހޯދަން އޭދަފުއްޓަށް އަތޮޅުގެ އެތައް ރަށަކުން އާއިލާތައް ހިޖުރަ ކޮށްފައި އެބަތިބި.

  ރައްދު
 2. Avatar
  އެޑަމް

  އަޅުގަނޑުމެން ދެކެން ބޭނުންވަނީ ތުޅާދުއަށްވީހެނެއް ނޫން ….އޭދަފުށީ ހިއްކާ ނިންމާފަ އަވަހަށް ގޯތި ދޫކުރުން ، ނޫނީ ޕްލެޓް އެޅުން މި ފަހަރުވެސް ގޯތި ދޫކުރަނީ ކުރީގެ 30 އަހަރުގައި ދޫކުރިގޮތަށްބާ އާއިލީ މީހުންނަށް ، އޭރު ދޫކުރި ގެތަށް އަދިވެސް ހުރީ ވަށާފާރު ރާނާލާފަ އެއްވެސް އިމާރާތެއް ނެތް އެތައްގެއެއް އެބަހުރި

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.