އޭދަފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އޭދަފުށީ ބަނދަރުމަތީގައި ހުރި ތެޔޮފީފާތަކުގައި ރޯވެ އަނދަނީ:
އޭދަފުށީ ބަނދަރުމަތީގައި ހުރި ތެޔޮފީފާތަކުގައި ރޯވެ އަނދަނީ:

 

ބ. އޭދަފުށީ އުތުރު ފަރާތު ބަނދަރުމަތީގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ޕެޓްރޯލް ފީފާތަކަކާއި ގޭސް ފުޅިތަކެއްގައި ވަރަށް ގަދައަށް އަލިފާން ރޯވެ، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިއަދު މެންދުރު 12 ޖަހާ އެހާކަންހާއިރު ހިނގި މި ހާދިސާގައި ބަނދަރުގެ ހުޅަނގު ފަރާތު ހުރަސް ވާޓަރުގައި ހުރި ގިނަ އަދަދެއްގެ ޕެޓްރޯލް ފީފާ އާއި ގޭސްފުޅި ތަކެއްގެ އިތުރުން ފެންފުޅިތަކެއްގައި ރޯވެ، ވަނީ އަނދާ ހުލިވެފަ އެވެ.

DSC_2053

މި ހާދިސާ ހިނގިވަގުތު ޕެޓްރޯލް އަޅަން އެ ސަރަހައްދުގައި ބޮޑު ދޯންޏެއް އޮތެވެ. އަދި އެ ވަގުތު އެ ދޯނީގެ ވަލުގައިވެސް ވަނީ އަލިފާން ހިފައިފަ އެވެ. ނަމަވެސް ހަނިގޮތަކަށް ދޯނި ވަނީ ސަލާމަތް ކޮށްފަ އެވެ. އަދި އެވަގުތު ފަޅުގެ ހުޅަނގު ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދެއް ވަނީ އެތަނުން ދުރަށް ގެންގޮސްފަ އެވެ.

އަލިފާންގަނޑު ރޯވަމުން ދިޔަ ވަގުތު ބާރު އަޑުފައްގަނޑު ތަކާއެކު ގޭސް ފުޅިތައް ގޮވަމުންދިޔަ އިރު ވަރަށް ބޮޑަށް އަލިފާންގަނޑު ރޯވެފައި ހުއްޓެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންް ނުލިބެ އެވެ. ނަމަވެސް ޕެޓްރޯލް ހަންތަކާއި ގޭސްފުޅިތައް އަދި ފެން ކޭސްތްކުގައި ރޯވުމުގެ ސަބަބުން މީގެ ގެއްލުން ގާތްގަނޑަަކަށް 250،000 ރުފިޔާ އަށް ވުރެ މަތިވާނެކަމަށް ކައުންސިލުގެ ނައިބް ރައީސް ނައުރީފު ވިދާޅުވި އެވެ.

އޭދަފުށީ ބަނދަރުމަތީގައި ހުރި ތެޔޮފީފާތަކުގައި ރޯވެ އަނދަނީ:
އޭދަފުށީ ބަނދަރުމަތީގައި ހުރި ތެޔޮފީފާތަކުގައި ރޯވެ އަނދަނީ:

 

ގޭސް ހުރުމުގެ ސަބަބުން އަލިފާން ގަނޑާ ކައިރިނުވެވޭތީ އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރު ފަހުން ރަށު ޕޮލިސް ސްޓޭޝަނާއި ކައިރި ރިސޯޓްތަކުގެ އެހީތެރިކަމާއެކު އެވެ.

 އަލިފާން ރޯވަން ދިމާވި ސަބަބު އަދި ނޭނގޭ އެވެ. އެކަން ފުލުހުން ދަނީ ބަލަމުން ނެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

 1. Avatar
  wadde

  ކޯޗެއް! ޕޮލިހުން ތިބީ ތުއިވެފަ ރީތިކޮށް ބަލަހައްޓައިގެންނު. އަލިފާންގަނޑުގެ ބޮޑުބައި އަމިއްލަޔަށް ހުރެގެން ކޮންޓްރޯލް ވީ. ޕޮލިހުން ތިބީ ހަމަ އަތް އުރާލައިގެން. ދެން ޕޮލިހުން ހީރޯ ވާން ވެގެންދޯ ޕޮލިހުންގެ ނަން މިނޫހުގަ ހާމަ ކޮށްފަ އެއޮތީ.. ލޮލްޒް!! ހަހަ. އަލިފާންގަނޑު ނިވުނީމަ އަލިފާން ނިއްވިޔޭ ބުނަންވެގެން ފެން ޖެހީ. ހަހަހަ!!

  ރައްދު
 2. Avatar
  އިމްޔާނު

  މީ ނުރައްކާތެރި އަލިފާނުގެ ހާދިސާއަކަށްވީ ކިހިނެއް! އެއްވެސް އެއްޗަކަށް، މީހަކަށް އެހެންނޫނަސް އެއްވެސް ގެއްލުމެއް ވާ ހިސާބެއްގައި ހިނގިކަމެއް ނޫންކަން ވަރަށް ސާފުކޮށް އެބަ އެނގޭ. އެހެންވީމާ ނޫސްތަކުގައި ލިޔާ މީހުންވެސް ވިސްނާލަން އެބަޖެހޭ

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.