ދުނިޔޭގެ ވެލާ ކަހަނބު ދުވަސް ފާހަގަ ކޮށްފި

ދިވެހި ރާއްޖޭގެ ރަށެއްގެ ފަޅު ތެރޭގައި ތުއްތު ވެލައެއް. ފޮޓޯ: ބީ.ބީ.ސީގެ ދިރޭ މަހުލޫގާ ބެހޭ މަޖައްލާ "ބީ.ބީ.ސީ ޑިސްކަވަރ ވައިލްޑްލައިފް މެގަޒިން"
ދިވެހި ރާއްޖޭގެ ރަށެއްގެ ފަޅު ތެރޭގައި ތުއްތު ވެލައެއް. ފޮޓޯ: ބީ.ބީ.ސީގެ ދިރޭ މަހުލޫގާ ބެހޭ މަޖައްލާ “ބީ.ބީ.ސީ ޑިސްކަވަރ ވައިލްޑްލައިފް މެގަޒިން”

 

މޭ މަހުގެ 23 ވަނަ ދުވަހަކީ “ވަރލްޑް ޓަރޓްލް ޑޭ” ނުވަތަ ދުނިޔޭގެ ވެލަ އާއި ކަހަނބު ދުވަހެވެ. މި ދުވަސް މި ފަހަރު ފާހަގަ ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި އަވަށްޓެރި އިންޑިއާ އަދި އެއަށްވުރެ ދުރުން އޮސްޓްރޭލިއާ ހިމެނެއެވެ.

އެމެރިކާގެ “އެމެރިކަން ޓޯޑަސް ރެސްކިއު” އިން 2000 ވަނަ އަހަރު މި ދުވަސް ތައާރަފު ކުރީ ވެލާ ކަހަނބު ހިމާޔަތްކޮށް އެ ސޮރުމެންގެ ވެށިތަކަށް އިންސާނުން ދެމުންދާ ގެއްލުންތަކާމެދު މީހުން ހޭލުންތެރިކުރުމުގެ ހެޔޮ ނިޔަތުގައެވެ.

އެ ޖަމިއްޔާގެ ފޭސްބުކް ސަފުހާގައި ސަފުހާގައި ފައުންޑަރު މެންބަރުން ކަމަށްވާ ސޫޒަން ޓެލަމް އަދި މާޝަލް ތޮމްޕްސަން ވަނީ އަނިޔާ ލިބިފައިވާ އަދި އިހުމާލު ވެފައިވާ ވެލަ އާއި ކަހަނބުގެ މައްސަލަތައް ތަހުގީގުކޮށް އެ ތަކެއްޗަށް ހިމާޔަތް ދިނުމުގެ މުހިންމު ކަމަށް އަލިއަޅުވާލައިފައެވެ.

އެމެރިކާގެ ވެއިންސްބަރޯގައި ހުންނަ ދިރޭ ތަކެއްޗާ ބެހޭ މަރުކަޒު ކަމަށްވާ ވައިލްޑްލައިފް ސެންޓަރ އޮފް ވަރޖީނިއާއިން ބުނީ އެއްވެސް ވެލާ ކަހަނބެއް އޭގެ ވެށިން ނަގައިގެން ނުވާނެ ކަމަށެވެ.

އެ ގޮތުން ދުނިޔެއިންނާއި އަދި ރާއްޖެއިން ވެސް ހުސްވާން ކައިރިވެފައިވާ ވެލާ ކަހަނބު ހިމާޔަތް ކުރުމަށްޓަކައި “ވެލާ ކަހަނބު ހުވާ” ނުވަތަ “ޓާޓަލް ޕްރޮމިސް” ހުރިހާ އެންމެން ވެސް ކުރުމަށާއި މި ހުވާ ކުރުމަށް ފަހު ވެލާ ނުވަތަ ކަހަނބުގައި ހަމައެކަނި އަތްލަން ވާނީ ޒަރޫރީ ބޭނުމެއްގައި އެކަނި ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ތިރީގައި މިވާ ގޮތަށް ހުރިހާ އެންމެން ވެސް އަމަލު ކުރުމަށް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ:

ވެލަ އާއި ކަހަނބު އެއްވެސް ޕެޓް ޝޮޕްއަކުން ނުވަތަ ދިރޭ އެއްޗެހި ވިއްކާ ފިހާރައަކުން ނުގަތުން. ސަބަބަކީ އެއިރުން އެ ތަކެއްޗަށް ޑިމާންޑް އިތުރުވެ، އެ ތަކެތީގެ ވަގު ވިޔަފާރި އަށް މަގުފަހިވުން.

މަގެއް (އެއްގަމުގައި ނުވަތަ ކަނޑުގައި ވިޔަސް) ހުރަސް ކުރަނިކޮށް ވެލައެއް ނުވަތަ ކަހަނބެއް ފެނިއްޖެ ނަމަ، އެ ސޮރަށް އެހީވުމުގެ ގޮތުން މަގުގެ އަނެއް ފަރާތަށް ލައި ދޭއިރު، އެ ސޮރު ދަތުރު ކުރަމުން ދިޔަ ދިމާއަށް މޫނު ވާ ގޮތަށް އަލުން ބާއްވައިދިނުން. ސަބަބަކީ އެ ސޮރުގެ މިސްރާބު ހުރި ދިމާ ނޫން ދިމާއަކަށް ތިމާ އެ ސޮރު ދޫކޮށްލައިފި ނަމަ، ހަމަ އަނެއްކާވެސް އެ ސޮރު މިސްރާބު ބަދަލު ކޮށްލާނީ ކުރިން ދަތުރު ކުރުމަށް އަމާޒު ހިފާފައިވާ ދިމާއަށް ކަމަށްވުން.

ވެލައެއް ނުވަތަ ކަހަނބެއް އޭގެ ގުދުރަތީ ވެށިން ނަގަން ވާނީ ހަމައެކަނި ޒަހަމް ލިބިފައިވާ ތަކެއްޗަށް ފަރުވާ ދިނުމަށް އެކަނި.

ބޮޑު މިނުގައި ހަތަރު އިންޗިއަށް ވުރެ ކުޑަ ސައިޒުގެ ވެލާ ކަހަނބު ވިޔަފާރީގެ ގޮތުގައި ވިއްކާ ނަމަ، އެ ކަން ވީހާ ވެސް އަވަހަކަށް ފުލުހުންނަށް ނުވަތަ ކަމާ ބެހޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ރިޕޯޓް ކުރުން.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.