ތިމާވެށީގެ ދުވަސް ގޮއިދޫ އާއި ތުޅާދޫގައި ފާހަގަކުރާ ގޮތަށް ހަމަޖައްސައިފި

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫގައި ކުރިއަށްގެންދާނެ ހަރަކާތްތަކާބެހޭގޮތުން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ ބީއާރު އޮފީސް
މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ތުޅާދޫގައި ކުރިއަށްގެންދާނެ ހަރަކާތްތަކާބެހޭގޮތުން ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން– ފޮޓޯ ބީއާރު އޮފީސް

 

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް އަތޮޅު ފެންވަރުގައި ގޮއިދޫގަ އާއި ތުޅާދޫގައިި ފާހަގަކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނިގޮތުގައި މިއަހަރުގެ ތިމާވެށީގެ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް އެ ދެ ރަށުގެ ކައުންސިލާއި އަދި އަތޮޅު ކައުންސިލާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ރޭވިފައިވެ އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ ކޮންޒަވޭޝަން އޮފިޝަރު އަހްމަދު ޝާން ވިދާޅުވީ މިއަހަރުގެ ތިމާވެށީގެ ދުވަސް އަތޮޅު ފެންވަރުގައި ފާޙަގަ ކުރުމުގެ ގޮތުން ގޮއިދޫގަ އާއި ތުޅާދޫގައި ދުވަހާ ގުޅޭ ޚާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގޮއިދޫ ކޯރު ގަނޑު ސަރަހައްދު، ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެ ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައި
ގޮއިދޫ ކޯރު ސަރަހައްދު، ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް އެ ސަރަހައްދު ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައި

 

މީގެ އިތުރުން ހިމާޔަތް ކޮށްފައިވާ ގޮއިދޫ ކޯރު ސަރައްދު ސާފުކުރުމުގެ ޕްރޮގްރާމަކާއި ތުޅާދޫ ހިއްކި ބިން ފެހި ކުރުމަށް ގަސް އިންދުމުގެ ޕްރޮގްރާމެއްވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޝާން ވިދާޅުވި އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

 1. Avatar
  ހީނާ އިއްބެ

  ކޮއްކޯ މީކައުނސިލުން ކުރަަކަމެއް ނޫޫން ބަޔަސްފިޔާ މީހުން ކުރާާކަމެއް ރަގަޅައް ކަންކަން އޮޅުން ފިލުވައިގެން ވާހަކަދައްކާ>>>>>>>>>>>>>>>>……….

  ރައްދު
 2. Avatar
  ހީނާ އިއްބެ

  ކީއްވެ މިހާރު ބައްދަލުވުންތަކުން ކައުންސިލަރ މީޑިއާ އިއްބެ ނުފެންނަނީ އަނެއްކާ ކައުންސިލުން ނިންމާ ނިންމުންތަކާ ހިއްހަމަ ނުޖެހިގެންތަ؟؟؟؟؟؟؟ ކޮބާ މައްސަލައަކީ……އޭދަފުށީ ދާއިރާގެ އަނެއް މެމްބަރ މަބްރޫކްވެސް ނުފެނޭ؟؟؟؟؟؟ހީވަނީ ކައުންސިލް ތެރޭގަ މައްސަލަ އުޅެނީހެން…….

  ރައްދު
 3. Avatar
  Jameel

  އަތޮޅުގެ އެހެން ރަށްތައް ބާކީ ކޮށްލާފަ މި ދެ ރަށުގަ ބާވަން ނިންމީ ކޮންގޮތަކުން ކޮބާ؟ ގޮއިދޫ / ތުޅާދޫ އަބަދުވެސް ކޮންމެ ކަމެއްގައި އިސްކަން ދޭ ކަމަށް ފެނޭ …….. މެޖޯރިޓީ ބޮޑު ދާއިރާގެ 2 ރަށް ، މިއީ އަތޮޅު ކައުންސިލުން ކުރިއަސް ކަޑަ ކަމެއް ބަޔޯސްފިޔަރ ކުދިން ކޮޅު ބޮލަށް އެރިގެން ކޮށްލި ކަމެއްތާދޯ……ދޮންފަނާ / މާޅޮހުންވެސް ތިބީ ތައްޔާރަށް

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.