މިނިވަން 50 އާ ގުޅުވައިގެން ދަރިވަރުންގެ ހިނގާލުމެއް ބާއްވައިފި

މިނިވަން 50 ފާހަގަ ކުރުމަށް "ދަރިވަރުންގެ ބައިވެރިވުން" ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް “ދަރިވަރުންގެ ބައިވެރިވުން” ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

 

 

ޖުލައި 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން “ދަރިވަރުންގެ ބައިވެރިވުން”ގެ ނަމުގައި ހާއްސަ ހިނގާލުމެއް ބާއްވައިފި އެވެ.

މިނިވަން 50 އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އަމާޒުކޮށްގެން ހުރިހާ ރަށެއްގައި މިއަދު ވަނީ މި ހިނގާލުން ބާއްވާފަ އެވެ.

މިނިވަން 50 ފާހަގަ ކުރުމަށް "ދަރިވަރުންގެ ބައިވެރިވުން" ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް “ދަރިވަރުންގެ ބައިވެރިވުން” ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

 

ބ. އަތޮޅު ތައުލީމީ މަރުކަޒުން އިންތިޒާމުކޮށްގެން މިއަދު ހަވީރު 15: 4 ހާއިރު އެ ސްކޫލުން ފެށި މި ހިނގާލުން ކުރިއަށް ގެންދިޔައީ ރޯޝަނީމަގުން ހުޅަގަށް ގޮސް ދެކުނު ފަރާތު ހިއްކި ސަރަހައްދަށެވެ.

ގައުމީ ހެދުމުގައި، ގައުމީ ދިިދަ ހިފައިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމުގައި ތައުލީމީ މަރުކަޒާއި ބަހިއްޔާ ޕްރީ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުނާއި ބެލެނިވެރިން އަދި ޓީޗަރުންވެސް ބައިވެރިވި އެވެ.

DSC_0616

މިނިވަން 50 ފާހަގަ ކުރުމަށް "ދަރިވަރުންގެ ބައިވެރިވުން" ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން
މިނިވަން 50 ފާހަގަ ކުރުމަށް “ދަރިވަރުންގެ ބައިވެރިވުން” ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

 

 

ދެކުނު ފަރާތު ހިއްކި ސަރަހައްދަށް ނިންމާލި މި ހިނގާލުމުގައި ދަރިވަރުން މުނިފޫހި ފިލުމުގެ އައިޓަމްތަކެއް ވެސް ހުށަހަޅައިދިނެވެ. މި ހިނގާލުން ނިންމާލީ ގައުމީ ސަލާމުންނެވެ.

މިނިވަން 50 ފާހަގަ ކުރުމަށް "ދަރިވަރުންގެ ބައިވެރިވުން" ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުން ނިންމާލުމަށްފަހު
މިނިވަން 50 ފާހަގަ ކުރުމަށް “ދަރިވަރުންގެ ބައިވެރިވުން” ނަމުގައި އޭދަފުށީގައި ބޭއްވި ހިނގާލުން ނިންމާލުމަށްފަހު

 

މި ހިނގާލުމަކީ ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ގައުމީ ލޯބި ރޫހު އާލާ ކުރުމާއި ގައުމީ ލޯބި އުފެއްދުމުގެ މަގުސަދުގައި ބޭއްވި ހިނގާލުމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.