ކައުންސިލުން ޖަވާބެއް ނުލިބިއްޖެނަމަ، ޓާފްދަނޑު އެހެންރަށަކަށް ބަދަލުކުރަނީ!

މަތިން ނަގާފައިވާ އޭދަފުށީގެ ފޮޓޯއެއް

 

އޭދަފުށީގައި ޓާފް ފުޓްބޯޅަ ދަނޑެއް އެޅުމާ މެދު މިޖެނުއަރީ މަހުގެ 31ގެ ކުރިން ކައުންސިލުން ވަކި ޖަވާބެއް ނުލިބިއްޖެނަމަ، އެކަމަށްޝައުގުވެރިވާ ފަރާތުން މިޕްރޮޖެކްޓް އެހެންއަތޮޅަކަށް ބަދަލުކުރަން ނިންމާފައިވާކަމުގެ މައުލޫމާތު އީޓިއަށް ލިބިއްޖެ އެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕް (ޕީޕީޕީ) ގެ ދަށުން އޭދަފުށީގައި ފުޓްބޯޅަ ދަނޑު އެޅުމަށް ޝައުވެރިވާ ފަރާތާ ގާތްގުޅުމެއް އޮންނަ އޭދަފުށިގެ ބޭފުޅަކު އީޓިއަށް ވިދާޅުވީ ދަނޑު އެޅުމާ މެދު އޭދަފުށީ ކައުންސިލަށް ވަރަށްދިގު މުއްދަތެއް ދީފައިވާކަމަށާ، އެހެންނަމަވެސް މިމަހު 31ގެ ކުރިން އެކަމަށް ގޮތެއް ނިންމުން މަޖްބޫރު ކަމަށެވެ.

” އަޅުގަނޑަށް އެނގޭ ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ބޮޑެތި އެހެން ރަށްރަށުންވެސް އެކަމަށް ކެނޑިނޭޅި އެދެމުން އެބަދާކަން. އަދި އަޅުގަނޑު ގާތު އެބައޮތް އެބޭފުޅުން ވިދާޅުވެފައިވެސް އެންމެފަހަށް ބެލޭނީ މިމަހުގެ ނިޔަލަށޭ. ކ. ހުރާ، ތޮއްޑޫ ކަހަލަ ރަށްރަށުން އެކަމަށް ޝައުވެރިކަން ފާޅުކުރަމުން އެބަދޭ” ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވިއެވެ.

މިކަމާމެދު ކައުންސިލުން ދެކޭގޮތެއް ހޯދާލުމަށް ދަނޑު ހެދުމުގެ މަޝްރޫއަށް ތާއީދުކުރައްވާ އޭދަފުށީ ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ރިޒާއަށް އީޓީން ގުޅާލުމުން ވިދާޅުވީ ކައުންސިލްގެ މެޖޯރިޓީ އެކަމަށް އަދިވެސް އެއްބަސްނުވާކަމަށާ، އެހެންނަމަވެސް އެކަން ވޭތޯ މިހަފްތާތެރޭގައިވެސް މަސައްކަތް ކުރައްވާނެކަމަށެވެ.

އޭނާ ވިދާޅުވީ މިކަމުގައި ނޫނެކޭ ބުނަނީ ކައުންސިލްގެ ރައީސް އަލީ ވަހީދާ، މެމްބަރު ޝަކީލް އަދި އަލީ ޔަހްޔާ ކަމަށެވެ.

” އަޅުގަނޑާ ވާހިދު އޯކޭ. ޝަކީލް ވިދާޅުވަނީ ބިންދީފިއްޔާ ފައިބަރުޖަހާނެ ތަނެއް ނޯންނާނޭ. އަލީ ވަހީދު ވަކިއެއްޗެއް ވިދާޅެއްނުވޭ. އަލީ ޔަހްޔާ އަލީ ވަހީދު ތާއީދު ނުކުރާތީ، ނުކުރާކަމަށް އަޅުގަނޑަށް ހީވަނީ. ދެން އަޅުގަނޑަށް ކުރެވޭނީ މަސައްކަތް.”

އޭދަފުށީގައި ޓާފް ފުޓްބޯޅަ ދަނޑަކާ، ސްޓޭޑިއަމްގެ ބައެއް އަދި ފުޓްބޯޅަ ޓްރޭނިންގް ސެންޓަރެއް ގާއިމް ކުރުމަށް ބަޔަކު ޝައުގުވެރިވާކަން އޭދަފުށީ ކައުންސިލުން ހާމަކުރީ މިމަހުގެ 4 ވަނަދުވަހުއެވެ. މި މަޝްރޫއު ޑިޒައިން ކުރެވިފައިވާ ގޮތަށް ބަލާއިރު އޭދަފުށީ އިރުމަތީ ސަރަހައްދުގައި ފުޓްބޯޅަ ކުޅުމަށް މިހާރު ބޭނުންކުރާ ހުސްބިން އިންޓަނޭޝަނަލް ޓާފް ދަނޑަކަށް ބަދަލުކުރުމުގެ އިތުރުން ސިޑިބަރިއާ، ޗޭންޖިންގް ރޫމްފަދަ ތަންތަން ހިމެނިގެން ދާނެއެވެ. އޭގެ ބަދަލުގައި އިންވެސްޓަރަށް އޭދަފުށިން 40000 އަކަފޫޓްގެ ބިމެއް ވިޔަފާރި އުސޫލުން ތަރައްޤީކޮށް ހިންގުމަށް 30 އަހަރަށް ދޭންޖެހެއެވެ. މި ބިމުގައި އެއްވެސް މަސައްކަތެއް ކުރެވޭނީ ޓާފް ދަނޑުގެ މަސައްކަތް ނިމުމުންނެވެ. އެބިމުގައި ފުޓްބޯޅަ ޓްރޭނިން ސެންޓަރެއް ގާއިމްކޮށް ހިންގާނީ އިންވެސްޓްކުރާ ފަރާތުންނެވެ. އަދި މިތަން ހިންގައިގެން ލިބޭ ފައިދާގެ 5 އިންސައްތަ އޭދަފުށީގެ ތަރައްޤީގެ ކަންކަމަށް ކޮންމެ އަހަރަކުވެސް ހަރަދުކުރަން އިންވެސްޓަރަށް ޖެހެއެވެ.

އޭދަފުށީ ކައުންސިލުން ކުރިން ބުނެފައިވަނީ އިންވެސްޓަރ އެދޭވަރުގެ ބިމެއް އޭދަފުށިން މިހާރުވެސް ލިބެން އެބައޮތްކަމަށާ، ކައުންސިލްމެމްބަރުން މިކަމާމެދު އާ ބަސްބުނެފިނަމަ ޝައުގުވެރިވާ އިތުރު ފަރާތްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ހަމައެއާއެކު މިކަން ކުރިޔަށްގެންދަން ނުވަތަ މި އުސޫލުން ކުރިޔަށްގެންދަން ފެނޭތޯ ކައުންސިލަށްމެމްބަރު ވާހިދު މިމަހު ކުރީކޮޅު ހުށައެޅި ކުއްލި މައްސަލައަށް ތާއީދުނުލިބިގެން އެ މައްސަލަވަނީ ކައުންސިލުން ބޭރުކޮށްލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

14 ކޮމެންޓް

  1. Avatar
    މިސްޓީ

    ކައުންސިލަރުންގެ ކަންތަކޭ. އެމީހުންނާ ހެދީ އޭ އޭދަފުށި މި އޮންނަނި ތަރައްޤީ ނުވެފަ…. ވީމާ ވިހާވެސް އަވަހަކަށް ބ.އޭދަފުށީައި ޓާފް ދަނޑެއް އަޅައިދެއްވުމަހ އަޅުގަނޑު ކައުންސިލަނުންނަށް ގޮވާލަން. ސޯ ޕްލީޒް އެގްރީ ވިތް އިޓް….

    ރައްދު
  2. Avatar
    FATHIMATH

    އެހެންނޫން ވާނީ ، އޭދަފުށި މީހުންބުނާނެ . ތިމަންނަމެންނަކީ ވަރަށް ތަރައްގީވެފައި ތިބި ބައެކޭ . ހަގީގަތަށް ބުރަވެ ހުރެ ބުނަންޏާ ބުނަންޖެހޭނީ މަގުފާރު ތަކުގައި ސިމެންތިޖަހާ ކުލަ ލެވުނީމަ އެއަންނަނީ ތަރައްގީއެއްނޫނޭ ! އެއީ އަންނި ވިދާޅުވާހެން ކޮންކުރީޓް ތަރައްގީ! މިރަށަށް ބޭނުންވެގެން މިއުޅެނީ ކޮންކުރީޓް ތަރައްގީއެއްނޫން ! ރައްޔިތުމީހާ ތަރައްގީ ނުވާތީ މިކަހަލަ ދުރުމުސްތަގުބަލަށް ބޭނުންވާ ކަންކަން ނިންމުމުގައި އެއްފަޔަށް ބުރަވެވެނީ ! ހަގީގަތުގައި މިވެގެން އުޅޭ ގޮތަކީ ކައުންސިލަރުންނަށް ހޮވާފައި މިތިބީ ކުރިމަތިލެއްވި ބޭފުޅުންގެތެރެއިން ގާބިލްނޫން ބައެއްކަން . ރަށުގައި ނެތް ފެންވަރުގެ މާވަޑިއަކާއި ، ފުޓްބޯޅަ ކުޅުންތެރިއަކާއި ، ރިސޯޓް މެނޭޖަރަކާއި ، ގަބުޅިކަތީބަކާއި ، ދެންހުރިމީހެއް (ވަކިއެއްޗެއް ދަންނަވަން ބޭނުންނުވާ މީހެއް ). އަދިވެސް މިޖޯލިފަތި މީހުންނަށް ނުވިސްނޭބާވަޔޭ އަޅުގަޑު ހިތަށްއަރާ ! އަޅުގަޑުގެ އިޚުލާސްތެރި ދުޢާ އަކީ މާތްރަސްކަލާނގެ އޭދަފުށީ ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވާ އޭދަފުށި ތަރައްގީގެ މަގުގައި އިތުރު ހަރުފަތްތަކަކަށް ދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކޮށްދެއްވުން ! އާމީން ……………….

    ރައްދު
  3. Avatar
    dhooni

    ސާބަސް! އޭދަފުށީގައި މީހުން ދިރިއުޅޭނެ ތަނކޮޅެއް ނެތްއިރުވެސް އަދިވެސް ދަނޑެއް އެޅޭތޯތަ ބަލަންވީ! ތި ދަނޑު އަޅާބަލަ ބިންބޮޑު ކުޅިވަރުގެރޫހު ހުރި އަތޮޅެއްގެ ރަށެއްގައި؟ ތީދެން ބޮޑުވަރު1 ބިންނެަތސް ތިކަންވެސް އެަރަށަށް ގެންދޭ!!!!!!!!!!!!!!11

    ރައްދު
  4. Avatar
    sainosa raai

    އޭދަފުށިގެ ތަރައްޤީ އަށް ކައުންސިލަރުން ހުރަސްއަޅާކަން މީގެން ވެސްމި އިގެނީ.. ކަމުދާ ބަޔެއް ނޫ ތީ ތިތާ ބައިތިއްބާކަށް އަައި ފޯނާ ބޮޑެތި މުސާރަ ދީފައެއް!! އިސްތިއުފާ އަލީ ވަހީދު ޝަކީލް އަދި ޔަހުޔާޔާ

    ރައްދު
  5. Avatar
    ކިހާދޫ ކޮއެ

    އަވަހަށް ގޮތެއް ނިންމާނެކަމަށް އުންމީދުކުރަން. ތި ދަނޑުހެދީމަ މުބާރާތް ކުޅެން ކިހާ ފަސޭހަވާނެ.

    ރައްދު
  6. Avatar
    އަމީމް

    ތިކަހަލަ ކައުންސިލަރުން ހޮވަންޏަާ ވާނެގޮތްތިވަނީ ކޮރްލްޕާރކްގައި ތިބެ ކޮފީބޮއިފަ މިސްކިތު ފާރުބުރިމަތީ އިދެގެން ބާރަށް ހަޅޭއްލެވިއަކަސް ތަރައްޤީއެއް ނާންނާނެ ތަރައްޤީ އަންނާނީ މިފަދަ އިންވެސްޓްމަންޓްތަކަށް ރަގަނޅު ޕްލޭނެއްގެ ދަށުން އާއެކޭ ބުނެގެން ކާސިމް ކަލޭފާނު އަތޮޅުވެރިަން ކުރިދުވަސް މާޒީއާ އކުވެއްޖެ.

    ރައްދު
  7. Avatar
    Kihaadhoo ބަތްޕޮޅި

    މިއިން ދައްކައިދެނީ އޭދަފުށީ ރައްޔިތުންގެ ވިސްނުމުގެ ފެންވަރު.. މިހެން ވާންމިޖެހުނީ ހަމަ ތިޔަބޭފުޅުން ހޮށްވެވި ކައުންސެލަަރުންގެ ފެންވަރު ހުރި ގޮތުން.. މީހަމަ ރާއްޖޭގެ ގިނަރަށްރަށުގެ ކައުންސެލަރުންގެ ހާލަތު…

    ރައްދު
  8. Avatar
    muhamed

    ކަންކަން ކުރެވޭ ވަރުގެ މީހުން ކައުންސިލަށް ހޮވިނަމަ ތިހެން ދިގުދަންމާކަށް ނުޖެހުނީސް. ތިއޮތީ ކައްޗަށް އެޅިބިންގަލުގެ ހިތި ނަތީޖާ މެޖޯރިޓީންނަށް ލިބިފައި.ދެންވެސް ސިޔާސީ ފިކުރު އެއްކިބާކޮށް ރަށާއި މެދު ވިސްނޭފަދަ ގާބިލު މީހުން ހޮވޭތޯބަލާ! ބޮލެއް ހުއްޓަސް އެބޮލުގެ ބޭނުން ކުރަން ނޭގެންޏާ ކީއްކުރާނީ ؟ ތިއޮތީ ތިމާމެން ފޭހުނު އިލޮށިގަނޑު ތިމާމެންގެ ލޮލަށް ހެރިފައި ………………………….. ؟ ވިސްނާ ވިސްނާ 2014 ވަނަ އަހަރު………………………….

    ރައްދު
  9. Avatar
    FATHIMATH

    ވައި ކައުންސިލް މެމްބާރސް ޑޯންޓް ލައިކް ބިލްޑިންގ އަ ފުޓްބޯލް ގްރައުންޑް. އަ ޖިފްޓް ފުރޮމް ޕްރަްއިވެޓް ސެކްޓަރ ވިތައުޓް ސްޕެންޑިން އެނީތިން ފުރޮމް ގަވަރމެންޓް.

    ރައްދު
  10. Avatar
    mide

    Why did we wait for last minutes or last second?
    Develop the habit of making the right decision at the right time for the right reason, without wasting time. Please don`t keep things pending for tomorrow. If tomorrow never comes what shall we do? “Tomorrow is not promised to anyone.”

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.