ދަނޑު ތަރައްގީކުރުމަށް އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށްއެދި ޕެޓިޝަނެއް!

އަމިއްލަ ފަރާތަކުން އޭދަފުށީގައި އިންޓަރނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ހެދުމަށް ޝައުގުވެރިކަން ފާޅުކޮށް އެކަން ކުރުމަށް ހުއްދައަށް އެދި ހުށަހެޅުމާގުޅިގެން އެކަން އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށްއެދި އޭދަފުށީގެ ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފައިވާ  ޕެޓިޝަނެއް ކައުންސިލަށް މިއަދު ހުށަހަޅައިފި އެވެ.

ޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު ޒުވާނަކު މިއަދު އީޓީއަށް ބުނިގޮތުގައި އެ ޕެޓިޝަނުގައި 500 އަށްވުރެ މީހުންވަނީ ސޮއިކޮށްފަ އެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ އޭދަފުށީގައި ރަގަޅު ފެންވަރެއްގެ ފުޓްބޯޅަ ދަނޑެއް ހެދުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމަށްޓަކައި ކައުންސިލްގެ ފަރާތުން ނިންމަންޖެހޭ އެންމެހާ ކަންކަން 04 ފެބްރުއަރީ 2013 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ނިންމަވައިދެއްވުމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކައުންސިލްގެ ފަރާތުން އެކަން ނިންމަވައި ނުދެއްވައިފިނަމަ ކައުންސިލްއާއި ދެކޮޅަށް އިހްތިޖާޖު ކުރުމަށް ތައްޔާރަށް ތިބިކަމަށްވެސް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.

 “އޭދަފުށްޓަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބި ރަށެއްކަން އެއީ އިއްޔެއަކު މިއަދަކު އެނގިގެން އުޅޭ ހަގީގަތެއް ނޫނެވެ. ޤައުމީ ފެންވަރުގައި އޭދަފުށްޓަކީ މީގެ އެތަކެއް އަހަރު ކުރިން ވާދަކޮށް މާލޭގެ ބޮޑެތި ޓީމުތަކުން ޖެހިލުންވާވަރުގެ މޮޅު ކުޅުމެއް ދައްކުވައިދިން ފުޓްބޯޅަ ޓީމެއް ނެރެފައިވާ ރަށެކެވެ. ގައުމީ ފެންވަރުގައި ފުޓްބޯޅަ ދަނޑުތަކުން ޓީމެއްގެގޮތުގައި އޭދަފުށި މީގެ ވިއްސަކަށް އަހަރު ކުރިންސުރެ ފެށިގެން ފެންނަމުން ނުދިޔަނަމަވެސް ގައުމީ ފެންވަރުގައި ކުޅެމުންއަންނަ އޭދަފުށީގެ ދަރީންގެ ވިދުމަށް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ. ގައުމީ ފެންވަރުގައި ކުޅެމުންއަންނަ އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިން އައީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ފުޓްބޯޅައިގެ ފުންނާބުއުސް ބޭފުޅުންނާއި، ފުޓްބޯޅަ ކޮމަންޓޭޓަރުން މީޑިޔާގައި މިވާހަކަތައް ކިތަންމެ ވަރަކަށްވެސް އައީ ދައްކަމުންނެވެ. އެހެނަސް އެވާހަކަތައް އަޑުއިވުމުން ލިބުނު ހިތްހަމަޖެހުން ފިޔަވައި އަޅުގަނޑުމެންގެ ރަށަށް ފުޓްބޯޅައިން ކުރި އެއްވެސް މަންފާއެއްނެތެވެ. އެވާހަކަތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގައިމުވެސް އަޑުނީވިއެއް ނުދާނެއެވެ. އަދި އެ ހަގީގަތް އޭދަފުށްޓަށް ނިސްބަތްވާ ބޮޑެތި ވިޔަފާރިވެރިންނަށް ހާމަނުވެއެއްވެސް ނޯންނާނެއެވެ. އެކަމަކު އެއިން އެއްވެސް ފަރާތަކުން ފުޓްބޯޅައަށް ލޯބިކުރާ މިރަށުގެ ޒުވާނުންގެ އެތައް ދުވަހެއްގެ ޝަކުވާއަކަށް ވެފައިއޮތް ރަގަޅުފެންވަރެއްގެ ފުޓްބޯޅަ ދަނޑެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ފެންނަން އެބައޮތްހެއްޔެވެ؟ ވީއިރު މިއަދު އަޅުގަނޑުމެންނަށް މިލިބުނު ރަނުގެ ފުރުޞަތުގެ ބޭނުންނުހިފައި ދޫކޮށްލުމަކީ މިރަށުގައިތިބި ފުޓްބޯޅައަށް ލޯބިކުރާ އެތައް ޒުވާނުންނެއްގެ އުއްމީދުތަކުގައި ކޮޅުފައިން ޖެހުންފަދަ ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ” ޕެޓިޝަނުގައި ވެ އެވެ.

ޕެޓިޝަނުގައި އިތުރަށް ބުނެފައިވާ ވަނީ، އޭދަފުށީގައި ފުޓްބޯޅަ ދަނޑު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތަށް އެކަން ކުރުމަށް ހުއްދަދިނުމުގައި އެންމެބޮޑު ހިޔާލުތަފާތުވުމެއް އުފެދިފައިވަނީ އެކަންކުރާ ފަރާތަށް އޭދަފުށިން ބިމެއްދިނުމާއި ގުޅޭގޮތުންކަމަށެވެ. އަދި އޭދަފުށީގެ ބިމުގެ ދަތިކަމަކީ ރަށުގެ އެންމެހާ ރައްޔިތުންނަށްވެސް ކުރިމަތިވެފައިވާ ވަރަށްބޮޑު ނުތަނަވަސްކަމެއް ކަމަށާއި، އެކަމަކު އެއީ މިރަށުން އިތުރަށް ބިންހިއްކައިގެން ނޫނީ ހައްލުކުރެވެން ނެތް މައްސަލައެއްކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށްވެސް އެ ޕެޓިޝަނުގައިވެ އެވެ.

 “ވަކިވަކިން ހުރި ހުސްބިންތައް މީހުން ދިރިއުޅުމަށްޓަކައި ގޯތި ދިނުމަކީ މައްސަލައިގެ ނާޒުކު ކަމަށް ބަލާއިރު ރަށުގެ ރައްޔިތުންނަށް އެއްމެ މަސްލަހަތު ހުރިގޮތްކަމަށް ނުބެލެވޭހިނދު ރަށުގެ އެންމެހާ ރައްޔިތުންނަށް ފަހިދާވާގޮތަށް އެފަދަ ބިންތައް ވިޔަފާރީގެ އުޞޫލުން ދިނުން އެއީ މައްސަލައެއް ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ. ވަކިން ޚާއްޞަކޮށް ރަށުގެ ޒުވާނުން އެކަމަކަށް އެދިއެދިތިބި ކަމެއް ހާސިލްކުރުމަށްޓަކައި އެކަން ކޮށްދޭނެފަރާތަކަށް އެފަދަ ބިމެއް ވަކި އެއްބަސްވުމެއްގެ ދަށުން ދިނުންއެއީ ހަމަ އެންމެ ރަގަޅުކަމެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ،”

 އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި ރަގަޅުފެންވަރެއްގެ ފުޓްބޯޅަ ދަނޑަކާއި، ފުޓްބޯޅަ ޓްރެއިނިންގ ސެންޓަރެއް ރަށުގައި ގާއިމްކުރެވިއްޖެނަމަ ރާއްޖޭގެ ގައުމީ ޓީމާއި ބޮޑެތި ކްލަބްތަކުން ކޭންޕްކުރާ މަންޒިލަކަށް މިރަށް ވެގެންދާނެއެވެ. އަދި މިކަން މިހެން ވެއްޖެނަމަ އެކަމުގެ ސަބަބުން ސީދާގޮތުންނާއި، ނުސީދާގޮތުން ރަށަށް ބޮޑެތި ފައިދާތަކެއް ކުރަމުންދާކަމަށާއި،  މިކަންވެގެންދާނީ ފުޓްބޯޅައިގެ ރޮނގުން ކުރިއަށްދާން ބޭނުންވާ އޭދަފުށީގެ ޒުވާނުންނަށް ހުޅުވިގެންދާ ފަހި ފުރުޞަތަކަށްވެސް ޕެޓީޝަނުގައި ފާހަގަ ކޮށްފައިވެއެވެ.

 “ވީމާ އޭދަފުށީގައި ރަގަޅުފެންވަރެއްގެ ފުޓްބޯޅަ ދަނޑެއް ހެދުމަށް ލިބިފައި މިއޮތް ހިތްގައިމު ފުރުޞަތުގެ ބޭނުން އެއްމެ އެކަށީގެންވާ ގޮތުގައި ހިފުމަށް އޭދަފުށީގެ އެންމެހާ ކައުންސިލް މެމްބަރުންގެ ކިބައިން އަޅުގަނޑުމެން އެދެމެވެ. އަދި މިފުރުޞަތު ބީވެގެން ދިއުމަކީ އަޅުގަނޑުމެން އެކަކުވެސް ބޭނުންވާ ގޮތެއްނޫނެވެ” ޕެޓިޝަނުގައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

12 ކޮމެންޓް

 1. Avatar
  މިސްޓީ

  ދަނޑު ނާޅައިފިޔާ ކުރިޔަށް އޮތް ތަނުގައި ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ.. އަޅުގަނޑު ބުނާނެ އެއްޗަކީ މި ރަނުގެ ފުރުސަތު ޫދޫނުކޮށްލާށޭ.

  ރައްދު
 2. Avatar
  COUNCIL#FAIL

  ސަރުކާރުން އޭދަފުށީގައި ޓާފް ދަނޑެއް އަޅައިދޭނެކަމަށް ދެކުމަކީ ބޭކާރު ކަމެއް. ސަރުކާރުގެ ބަޖެޓުގައި އެވަރަށް ފައިސާ ނެތްއިރު ކިހިނެއް ފެންވަރުރަގަޅު ޓާފް ދަނޑެއް އޭދަފުށީގަ އަޅާނީ؟ ކުދިންނޭ ވިސްނާލާ. ވަށާފާރު ހަދާފަ ފެންސް ޖަހައިގެން އިރުމަތީކޮޅު ދަނޑު ސަރުކާރަށް ތަރައްޤީ ކުރެވިދާނެ. އަދި ފަސްގަނޑު އެއްވަރުކޮށް މުބާރާތްތައް ކުޅެވޭ ގޮތަށް ހެދިދާނެ. އެކަމަކު ޒުވާނުން ބޭނުންވެގެން މިއުޅެނީ “ވެލި ދަނޑު” “ވިނަ ދަނޑަކަށް” ހަދަން. އެކަން ކުރެވެން އަންނަނީ އަމިއްލަ ފަރާތަކަށް އެކަން ކުރަން ދޫކޮށްލައިގެން ކަމަށް ޒުވާނުން ޤަބޫލުރަނީ. ސަބަބީ ދިވެހި ދައުލަތުގައި އެވަރަށް ފައިސާނެތުމާއި، ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަށް އިޢުލާންކުރި ރަށްތަކުގެ ލިސްޓުގައި އޭދަފުށި ހިމެނިފައި ނެތުން.
  އަޅުގަނޑަށް ހެޔޮ ކޮންމެ މީހަކު ފުޓްބޯޅަ ދަނޑު ހެދުމަށް ބިޑް ކޮށްގެން އެކަން ކުރިއަސް، ބޭނުންވަނީ ރަށުގައި ޓާފް ދަނޑެއް އަޅަން. ސަލީމް ވިޔަސް، ނަޒީރު ވިޔަސް، އެހެން މީހަކު ވިޔަސް މައްސަލައެއް ނެތް.

  ރައްދު
 3. Avatar
  HATEYOUCOUNCILOR

  ކައުންސިލަށް އަޅުގަނޑުވެސް މިގޮވާލަނީ ރައްޔިތުންގެ އެދޭ އެދުމާ ދެކޮޅަށް މަސައްކަތްކުރަން ނޫޅުއްވާށޭ. ތިޔަބޭފުޅުން ހޮވާފަ ތިތިބީ ބޮޑު މުސާރަ ނަގައިގެން ގޭގަ ތިބޭކަން ނޫނޭ އިނގޭތޯ!! ރައްޔިތުންގެ ރުހުމާއެއްގޮތަށް ރަށުގެ ތަރައްޤީގެ މަޝްރޫއުތައް ގެންދިއުމުގައި އަމިއްލަ އެދުން އިސްނުކުރައްވާ. ފައިބަރު މަސައްކަތް ކުރަން ތަނެއް ނެތޭ ކިޔާފަ ރަށުގެ ތަރައްޤީ ވެއްޔާ ތި މޮޑެލަނީ. ޢާއިލީ ނުފޫޒު ރަށުގެ ތަރައްޤީގެ ތެރެއަށް ވައްދަން ވެއްޖެ ނަމަ އިސާހިތަކު ތިޔަ ގޮނޑިވެސް ގެއްލިދާނެ. ފުޓްބޯޅައަކީ “ބްލަޑް އޮފް އޭދަފުށި”. ފުޓްބޯޅަ އަށް އެޅޭ ހުރަހަކީ ރަށުގެ ތަރައްޤީއަށް އެޅޭ ހުރަހެއް. ރަށުގެ ޒުވާނުންގެ އަޑު ނާއްސަވާ އާއިލީ މީޙުންގެ އަޑުއެއްސެވިއަސް ތަރައްޤީއެއް ނުލިބޭނެ. ތަރައްޤީއަކީ ހޯދީމާ ލިބޭ އެއްޗެއް. އެ ހޯދުމުގެ ޤާބިލިއްޔަތުކަން ތިޔަ ކައުންސިލްގަ ހުރި ކަމަކަށް ޤަބޫލެއް ނުކުރެވޭ. އޭދަފުށި ކައުންސިލް ފެއިލް. ދެން ވޯޓް ހޯދަން ނާންނައްޗޭ. ނުދޭނަން އިނގޭތޯ. ފޮގެޓް އިޓް. ބައި

  ރައްދު
 4. Avatar
  FATHIMATH

  އަޅުގަޑަށް ފެންނަނީ ތިޔަ ދަނޑުގެ މައްސަލަ ޒުވާނުން ބޭނުންވާގޮތަށް ނިންމައިނުދީފިނަމަ ހުރިހާ ކައުންސިލަރުންނަށް ޕްރެޝަރުކޮށްގެން އެމީހުންގެ އިސްތިއުފާ ހޯދުން . ޒުވާނުންގެ ވިންދާ އެއްގޮތަށް ވެރިކަން ކޮށްދޭންނޭގޭބަޔަކު ބޭތިއްބުމުގެ ބޭނުމެއް އޮންނާނެކަމަކަށް ނުދެކެން . ގައުމެއްގެ މުސްތަގުބަލަކީ ޒުވާނުން . ގައުމު ބިނާކުރަން ތިބި ބަޔަކީ ޒުވާނުން . އެހެންވީމާ ކައުންސިލަރުންނަށް ވަރަށް އިޚުލާސްތެރިކަމާއެކު މިދަންނަވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ނިންމައިދޭށޭ ! އެހެންނޫނީ ނަތީޖާ ގޯސްވެދާނެޔޭ ! ގަދަބަސްބުނެގެން ވެރިކަން ދަމަހައްޓަން ނޫޅުއްވާށޭ ! ރައްޔިތުން ނެތްތަނެއްގައި ވެރިކަމެއް ނޯންނާނެޔޭ ! ރައްޔިތުންގެ ތެރެއިން ގަދަބަސްބުނާ މީހުންގެ ބަސް އަހައިގެން މިޒަމާނަކު ވެރިކަމެއް ނުކުރެވޭނެޔޭ ! މާޒީގޮސްފިޔޭ ! އެހެންނޫނީ 2014 އަށް އިންތިޒާރު ނުކުރައްވާށޭ !

  ރައްދު
 5. Avatar
  hassan

  ބިން ހިއްކާތޯ ތިބެ މިހާރު 25 އަހަރުވެއްޖެ…ގެވަޅު ނުލިބިފައި މީހުން އެބަތިބި..މިރަށުގަ އެބަހުރި ބައެއް ޖަމްއިއްޔާތަކަށްވެސް ބިން ދީފައި….އެކަހަލަ ބޭނުން ނުކުރާ ބިންތައްއަތުލަންވީ…ކޮބާތަ ބޭނުމަކީ އެ ޖަމްއިއްޔާއަށް ބިންދިނުމުގެ…ޒުވާނުންނޭ ހޭއަރާށެވެ. މިފަހަރު ރަށުގެ ތަރައްގީއަށާއި ފުޓްބޯޅައަށް ލިބެން އޮތް ފުރުސަތު އެއްގޮތަކަށްވެސް ދޫނުކޮށްލާތި…ހަމަގައިމުވެސް އެނގޭހާއެއްޗަކީ މިހާރު ރަށުގައި އިންވެސްޓްކުރުމަށް ބިމެއް ދެވިދާނެކަން …އެކަމަކު އެނގޭހާ އެއްޗަކީ ބިންނުހިއްކާ ގޯތި ނުދެވޭނެކަން….ފަހުން ދެރަވާނެ އެހެންރަށެއްގައި އެދަނޑުއެޅީމަ…އެވާހަކަ ދައްކަންވެސް ދައްކާނެ….އަޅުގަނޑު ވާހަކީ ކޮންމެ ގޮތަކަށްވިޔަސް ދަނޑު އަޅަންވެއްޖެއޭ…..

  ރައްދު
 6. Avatar
  އިބުރޭ

  އޭދަފުށީގަ ތިޔަ ފުޓުބޯޅަ ދަނޑު އެޅުން ފިޔަވައި ދެން ކުރެވޭނެ އިތުރު ކަމެއް ނެތީ ދޯ. އެހެންޏާ ފަހެ!! ވަރެއްގެ ފުޓުބޯޅަ ދަނޑެއްނު ތިޔައި.

  ރައްދު
 7. Avatar
  Mohamed

  އިބްރާހިމް ދެން އެބިމުގައި ކީއްކުރާނީ؟ އެތަނުގަ މިހާރު ކުރާ ހަމައެކަނި ކަމަކީ އަތިރިކެހުން. އެބިން ބަޔަކަށް ދީގެންވެސް އޭދަފުށީގެ ރައްޔިތުުންނަށް ހަމަ ފައިދާ ކުރާނީ. ކީއްވެ ދަނާލަށް ބިންދޭން އޭދަފުށީ މީހުން ދެކޮޅު ނުހެދީ؟ އެތަނުގައި އޮތް ފުޓްބޯޅަ ދަނޑު ނަގާފައި އެތަނަށް ބިންދީގެން މިރަށު މީހުންނަށް އެތަނުގަ އުޅެން ތަންކޮޅެއް ލިބުނުތަ؟ އިބްރާހިމްގެ ޖީބަށް ސީދާ ގޮތުން އެތަނުން ފައިސާ ވަދޭތަ؟ ބުނަން މިއުޅެނީ ދަނާލުންވެސް އޭދަފުށީގެ އެންމެނަށްވެސް ނުސިދާ ގޮތުން ފައިދާ އެބަކުރޭ. އެތަނުގަ އުޅޭ ހުރިހާ އެންމެންނަށް ލިބެ ފައިސާ ވަންނަނީ އޭދަފުއްޓައް.
  ޕެޓިޝަނުގަ ސޮއި ކުރީ ވަރަށް ވިސްނާފަ. އެއީ އަހަރެންގެ ފައިދާއަށް ވިސްނާފަ ކުރިކަމެއް ނޫން. އެއީ އެންމެހާ ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެތީ. ކައުންސިލްގެ ރައީސްއަށް އަޅުގަނޑު ގޮވާލަން ބޭނުން އަމިއްލަ ނުފޫޒު ބޭނުން ނުކުރައްވާށޭ. މަނިކުފާނުވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާށޭ. ކައުންސިލުން އެކަމަށް އެއްބަސް ނުވެއްޖެނަމަ ދެން ކައުންސިލަ ކުރިމަތިނުލައްވާށޭ. އެންޓި ކެމްޕޭން ކުރަން އަޅުގަނޑު ނިކުންނާނަމޭ. ކައުންސިލްގެ ރައީސްއަށް ދެން ތި މަގާމު ފުރުމުގެ ފުރުޞަތެއް އޭދަފުށީގެ ރައްޔިތުންނެއް އިރާދަކުރެއްވީޔާ ނުދޭނަމޭ. އޭދަފުށީގެ ޒުވާނުންގެ އެންމެ ބޮޑު އެދުމަށް ފާޅުގައި ދެކޮޅުނަހައްދަވާށެ. ވިސްނާ ވިސްނާ.

  ރައްދު
 8. Avatar
  bakuru

  ވާނުވާ އިނގެގެން ސޮއިކުރީ. އޮތް ބިންކޮޅުންވެސް ގެވަޅު ދެވެންނެތީމަ ދެން ރައްޔިތުންނަށް ފާއިދާ ހުރި ގޮތަށް ބިންދޭން ފެންނާތީ ސޮއިކުރީ. އިބްރާހީމް މެން ތިހުންނަނީ 80 ގެ އަހަރުތަކުގެ ބޯދާ ވިސްނުން. ތިގޮތް ބަދަލުކޮށް ފަާއިދާ ގޮތަކަށް ވިސްނަބަލަ. މިކަމުގައި އެއްވެސް ގޯހެއް ނެތް.

  ރައްދު
 9. Avatar
  ފާތިމަތު

  ރަގަޅު. ވެރިކަމުގައި ތިބި ބަޔަކު ދުނިޔެއަށް އުފަންނުވާ ދަރިންނަށް ދައްދެން އަދި އާއިލާ، ތިމާގެ މީހުން އަދި ރައްޓެހިންނަށް ބިންތައް ބަހާހުސްކުރި އިރު އެމީހުން އެކަން ކޮށްފައިވަނީ ގަވައިދާ ހިލާފައްކަން ގައިމު. ވެރކަމުގައި އޭރު ތިބި ބަޔަކަށް ހީވި ކަހަލަ ވެރިކަން ގިޔާމަތް ނުވާނެކަަމަށް. ކުރެވުނު ކަންތައް ގިނަކަމުން އަބަދު އިންނަނީ މިސްކިތުގައި.

  ރައްދު
 10. Avatar
  Ibrahim

  ޕެޓިޝަންގަ ސޮއިކުރި ގިނަމީހުންނަކީ ވާނުަ ނޭންގި ސޮއިކުރި މީހުންކަމަށް ވަރަށް ބޮޑަށް ޤަބޫލް ކުރެވޭ،، އެއީ އޭދަފުށީ ކަހަލަ ރަށަކުން 40 ހާސް އަކަފޫޓުގެ ބިމެއް 30 އަހަރަށް މީހަކަށް އެމީހަކު ބުނާތަނަކުން ދިނުމަކީ ވަރަށްބޮޑު ގޯހެއް ދަނޑު ވަރަށް މުހިންމު ވަރަށް ބޭނުން އެހެންނަމަވެސް 40 ހާސް އަކަފޫޓުގެ ބިމެއް ބިންނެތް ރަށެއް ރަށުގެ މަދު ބައެއްގެ ފައިދާޔަށް ދޫކޮށްލުމަކީ ވިސްނަްޖެހޭކަމެއް

  ރައްދު
 11. Avatar
  sainosa raai

  ސީދާ ހަރަކާތަށް މަ ތައްޔާރު.. އެހެންނުނީ ތިކަން އަވަހަށް ނިންމާ ކައުންސިލުން ދަނޑު ހަދާ ގޮތަށް ބަޔަކަށް ބިން ދީގެން ނަމަވެސް

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.