މާއްޑޫ އަށް ދަތުރުދިޔަ ކުދިންތަކެއް ގެނބިގެން ފަރުވާ ދެނީ!

އޭދަފުށީ ކައރީގައި އޮތް ފަޅުރަށަކަށް މިދިޔަ އަހަރު ދަތުރު ދިޔަ ބަޔަކު އެނބުރި ރަށަށް ގެންދިއުމުގެ މަސައްކަތްކުރަނީ. މިއަދު އެރަށަށްކުދިންތަކެއް ދަތުރުދިޔަ ޑިންގީއެއްވަނީ އަރިއަޅާލާފައި –ފައިލް ފޮޓޯ:

އޭދަފުށީ ކައިރީގައި  އޮންނަ މާއްޑޫ ނަމަކަށް ކިޔާ ފަޅު ރަށަކަށް މިއަދު ސްކޫލު ކުދިންތަކެއް ދަތުރު ދިޔަ ޑިންގީ އަރިއަޅާލައި ކުދިންތައް މޫދަށްވެއްޓި އޭގެ ތެރެއިން ދެކުއްޖަކަށް، ބ. އަތޮޅުހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

އަތޮޅުހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ދަތުރުދިޔަ ކުދިންތަކުގެ ތެރެއިން ދެ އަންހެން ކުއްޖަކަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ދެކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

“ހޮސްޕިޓަލަށް ގެނައިރު އެއްކުއްޖެއްގެ ހާލު ސީރިއަސް. މިހާރު ފަރުވާ ދެމުން އަންނައިރު ދެ ކުދިންގެ ހާލު ވެސް ރަނގަޅު،” އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މިދަތުރަކީ ތައުލީމީ މަރުކަޒުގެ ގްރޭޑް 12 އޭ ގައި ކިޔަވާ ދަރިވަރުން އަމިއްލަ އަށް ރާވައިގެން ދިޔަ ދަތުރެކެވެ. ޑިންގީ އަރިއަޅާލައި ކުދިންތައް މޫދައް ވެއްޓުނީ މާއްޑޫ ފަޅަށް ވަންނަންނިކޮށް ކަމަށެވެ އެވެ.

“ޑިންގީ ފަޅަށް ވަންނަނިކޮށް ޖެހި ރާޅަކާއެކު އަރިއަޅާލައި ކުދިންތައް މޫދަށް ވެއްޓުނީ. އަރިއަޅާލީ ޑިންގީގައި ހުރި ފެންހަންތައް އެއްފަރާތަކަށް ޖެހުމުން. ދެން ކުދިން ތައް ޑިންގީ އަށް އަރަނިކޮށް އަނެއްކާވެސް ޖެހި ރާޅަކާއެކު އަރިއަޅާލީ،” މި ހާދިސާ ހިނގިގޮތް އެނގޭ މީހަކު އީޓީ އަށް ކިޔައިދިނެވެ.

ގުޅުންހުރި ލިޔުންތައް

6 ކޮމެންޓް

  1. Avatar
    sumone

    ދެރަވެއްޖެ ކަމެއްނު!! މީހަކު ދަތުރު ގޮސް ކަމެއްވިޔަކަސް އަދި ތިހެން ބުނާކައް ނުޖެހޭ!! މީހުންނަށް ކަންތައްތައް ކުރިމަތި ވަނީ މީހެއްގެ ފަރާތަކުންނެއް ނޫން.. އެއީ އެހެން ފަރާތަކުން ވާ ކަމެއް!! މީހަކު ކިތަންމެ ގިނައިން ދަތުރު ދިޔަޔަސް އެއީ މަައްސަލަ އެއް ނޫން!! މީހަކާ ބެހޭ ކަމެއްވެސް ނޫން!!

    ރައްދު
    1. Avatar
      anonymous

      އަދިވެސް ތަނެއްގަ ފަޅު ރަށެއް އޮތިއްޔާ ދާތި “ސަމްވަން”!! ބުނާ ގޮތް ނުހެދުން އިންތިހާއަށް ދިޔައިމަ ވާނީ ތިހެން.. ސަލާމަތްވީތީ ދެންވެސް ތިރުޅި މަޑުކޮށް ބޮޑާކަން ދޫކޮށްލަން ވީ ކަންނޭގެ!

      ރައްދު
  2. Avatar
    Mohamed

    މީގެ ކުރިންވެސް މިފަދަ ހާދިސާ ދިމާވެފައި އެބަހުރި.މީ މިހާރު ކޮންމެވެސް ބަޔަކު ސީރިއަސްކޮށް ވިސްނަންވެއްޖެ ކަމެއް..

    ރައްދު
  3. Avatar
    BAEC dharivareh

    މިކަމާ ހެދީ ދެން ކުރިޔަށް އޮތް ފަސް އަހަރު އެއްވެސް ކުލާހެއްގެ ދަރިއަކަށް އެއްވެސް ދަތުރެއް ނުދެވޭނެ. މުޅިން ސަކަރާތް. މަށަށް ރަނގަޅީ ސްކޫލުން ދަތުރު ދެވޭ ގޮތް ހަދަން. ރަނގަޅު ގަވާއިދު ތަކަކާ އެކީ. އެއެއް ނޫނޭ، މަ ބުނީ ތިޔަ ކުދިންނަށް އަވަސް ޝިފާ އަކަށް އެދެން. އަދި ރަނގަޅު ވާނެ މި ކުދިންނަށް ކައުންސިލް ދޭން ސްކޫލުގެ ފަރާތުން.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.