ބ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ތަރައްގީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަށީގެ ބަލިތަކަށް މިހާރު އެ ހޮސްޕިޓަލުން ފަރުވާ ދޭނެ ކަމަށެވެ. އެގޮތުން ކަށީގެ ޑޮކްޓަރު ކޮންމެ ހަފްތާއަކު އެ ހޮސްޕިޓަލުގެ އޯޕީޑީގައި ބަލި މީހުން ބައްލަވާނެ ކަމަށް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އަލަށްފެށި ކަށީގެ ބަލިތަކުގެ ޚިދުމަތާއެކު، ކަށީގެ ސާޖަރީތައް ހެދުމުގެ އިންތިޒާމުތައްވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

24 ގަޑިއިރު ހިދުމަތް ދެމުންއަންނަ ބ. އަތޮޅު ހޮސްޕިޓަލުގައި ކަށީގެ ބަލިތަކުގެ ފަރުވާގެ އިތުރުން 6 ދާއިރާއެއްގައި މިވަގުތުވެސް ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ  އާއްމު ބަލިތައް، އަންހެނުންގެ ބަލިތައް، ކުޑަކުދިންގެ ބަލިތައް، އޮޕަރޭޝަންސް، ދަތުގެ ބަލިތައް އަދި ހޭނައްތާ ޚާއްސަ ޑޮކްޓަރެއް ހިމެނެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލުން ކައިރި މުސްތަގުބަލެއްގައި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Eydhafushi rayyitheh

    Savvis gadeeru hidhumaiy dheyey bunaa iru balivegen dhakkan dhaa iru doctor break ah gossi ey ithuru doctor eh nethey miveni gadi aku annaashey kiyaaf eba fonuvaalaa. Meetho savvis gadeeru hidhumaiy dhey gothakee

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.