މިހާރު ގޭގައި ތިބިގެން އިންޓަރނެޓް ބޭންކިންގ އަށް ރަޖިސްޓްރީކޮށްލެވޭނެ: ބީއެމްއެލް

ކޮރޯނާވައިރަސް އާއެކު ގޭގައި ތިބެން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުންދާ މި ދަނޑިވަޅުގައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންޓަނެޓު ބޭންކިން ހިދުމަތަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީމިހާރު ގޭގައި ތިބިގެން އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީކޮށްލެވޭނެ ކަމަށާއި އެޕްލިކޭޝަން ފޯމު ޑައުންލޯޑު ކުރުމަށްފަހު ފޯމު ފުރައި ފޯމުގެ ފޮޓޯއެއް ނުވަތަ ފޯމު [email protected] އަށް އީމެއިލްކުރުމުން ހިދުމަތަށް އެދެވޭނެ ކަމަށެވެ.

މީގެ ކުރިން އިންޓަނެޓް ބޭންކިންގެ ހިދުމަތަށް އެދި އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެނީ ބޭންކުގެ ބްރާންޗަކަށެވެ. ބޭންކުން ބުނީ މިިދިޔަ ބުރާސްފަތި ދުވަހު ގެނައި މި ބަދަލަށް ކަސްޓަމަރުންގެ ތަރުހީބު ލިބެމުންދާ ކަމަށެވެ.

އިންޓަނެޓް ބޭންކިން އިން ލިބޭ ހިދުމަތްތައް

  • ބެލެންސް ޗެކްކުރުން
  • އެކައުންޓް ސްޓޭޓްމަންޓް ބެލުމާއި ޑައުންލޯޑް ކުރުން
  • އަމިއްލަ ކްރެޑިޓްކާޑު އަދި ލޯނަށް ފައިސާ ދެއްކުން
  • އެކައުންޓްތަކަށް ފައިސާ ފޮނުވުން
  • ބޭންކުގެ ހިދުމަތްތަކަށް އެދިހުށަހެޅުން
  • އިތުުރު އެކައުންޓެއް ހުޅުވުން
  • ޑެބިޓް، ކްރެޑިޓް ކާޑް، ލުއި ލޯނަށް އެދި ހުށަހެޅުން
  • ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓްކުރުން

ޒަމާނީ ޓެކްނޮލޮޖީއާ އެކު ބީއެމްއެލް އިން ވަނީ ޑިޖިޓަލް ބޭންކިންގެ ހިދުމަތް ފުޅާކޮށްފަ އެވެ. މި ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް، މޮބައިލް ބޭންކިން، ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ވޮލެޓްގެ ހިމެނެ އެވެ.

ބޭންކު މެދުވެރިކޮށް ހިންގޭ މުއާމަލާތުގެ 90 އިންސައްތަ އަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މުއާމަލާތްތަައް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.