އޭދަފުށީގައި ވިލާ ކޮލެޖުގެ ކެމްޕަހެއް ހުޅުވައިފި

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަސް ރެކްޓާ ޑރ އަހްމަދު އަންވަރު މިއަދު ހުޅުވައި ދެއްވަނީ — ފޮޓޯ / ތޯރިގް

ބ. އޭދަފުށީގައި ވިލާ ކޮލެޖްގެ ކެމްޕަހެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ އޭދަފުށީ ކެމްޕަސް ހުޅުވައި ދެއްވީ ވިލާ ކޮލެޖުގެ ރެކްޓާ ޑރ އަހްމަދު އަންވަރު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖުގެ ކެމްޕަހެއް އޭދަފުށީގައި ހުޅުވިގެން ދިއުމަކީ ތައުލީމީ ގޮތުން މިރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ މިއަދު މި ހުޅުވި ކެމްޕަހުގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިގްރީ ލެވެލްގެ ކޯސްތައް ކުރިއަށްދާނެ ކަމަށެވެ.

ވިލާ ކޮލެޖުން އޭދަފުށީ ކެމްޕަހުގައި މާދަމާ ކޯސްތަކުގެ ކިޔެވުން ފަށާއިރު ފުރަތަމަ ހިންގުމަށް ހަމަޖެހިފައިވަނި އައިޓީ އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓް ލެވެލް އާއި ފައުންޑޭސަންގެ ކޯސްތައް ކަމަށް އެ ކޮލެޖުން ބުންޏެވެ.

އަންނަ މޭ މަހުގެ ތެރޭގައި އެ ދެ ދާއިރާއިންނާއި ޕްރައިމަރީ ޓީޗިން އިން ޑިގްރީ ކޯސްތައް ފަށަން ވެސް ވަނީ ހަމަޖައްސާފަ އެވެ.

އޭދަފުށީ ކެމްޕަހުގައި ފަށާ ކޯސްތަކުގައި 70 އަށްވުރެ ދަރިވަރުން ރަޖިސްޓްރީވެފައިވާ ކަމަށްވެސް ވިލާ ކޮލެޖުން ބުންޏެވެ. އޭދަފުށީ ކެމްޕަސް ގާއިމުކޮށްފައި ވަނީ މި ރަށުގެ ބަހިއްޔާ ޕްރީ ސްކޫލުގަ އެވެ.

ވިލާ ކޮލެޖުން ބުނީ މިއަދު އޭދަފުށީގައި ހުޅުވި ކެމްޕަހާއެކު ށ. ފުނަދޫގައިވެސް އެ ކޮލެޖުގެ ކެމްޕަހެއް ހުޅުވާފައިވާ ކަމަށެވެ.

މާލޭން ބޭރުގައި ވިލާ ކޮލެޖުން އެންމެ ފުރަތަމަ ކެމްޕަހެއް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފުވައްމުލަކުގަ އެވެ. އެ ތަނުގެ ކެމްޕަހުގައި މާސްޓާސް ލެވެލްގެ ކޯސްތައް ވެސް ހިންގަމުން އަންނަ އިރު، 100އެއްހާ ދަރިވަރުން އެތަނުގައި ކިޔަވަމުން އަންނަ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    Ibba

    ކޮންމެވެސް ބައެއްގެ ބުރަމަސައްކަތާ ގުރުބާނީތަކެއް ވެގެން އިމާރާތްކޮށްފައިވާ ސްކޫލުގެ ބޭނުންކޮށްގެން ވިލާކޮލެޖަށް ހާދަބޮޑު ނަފާއެއްމިވަނީ. ތިކޯސްތައް ހިންގުމަށް މިހާތަނަށް ވިލާކޮލެޖުން އޭދަފުށްޓަށް ކޮށްފައިވާ އެއްވެސް ހަރަދެއް ނުފެނޭ. އަދިވެސް ކުދިންތިބޭނެ ގޮޑި ޑެސްކު ނުގެންދޭ. ހަމަ ނަންބޯޑު ހަރުކުރުމަކުން ނުފުދޭނެ އިގޭތޯ. އޭދަފުށީ ރައްޔިތުންނަށް މިކަން ވަރަށް ރަގަޅަށް އެގޭ. އަދި އެއީ ވަރަށް ކެތްތެރި ބައެއް. ހީކުރަން ވައުދުވި ކަންކަން ފުއްދާނެކަމަށް.

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.