އިތުރު ހަފްތާއަކަށް ސަރުކާރާއި ސްކޫލްތައް ބަންދުކޮށްފި

އިތުރު ހަފްތާއަކަށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކުރަން ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ޗައިނާ އިން ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދިވެހި ސަރުކާރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން، މިހާރުވެސް ސަރުކާރުގެ އޮފީސްތަކާއި، ސްކޫލްތަކާއި، ކޮލެޖުތަކުގެ އިތުރުން ޔުނިވާސިޓީތައް ވެސް އިތުރު ހަފްތާއަކަށް ބަންދު ކުރަން ނިންމާފައިވާކަމަށް ރައީސް އިއުލާނު ކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި އާއްމު ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ސިއްހީ ތަޖުރިބާކާރުން ލަފާގެ މަތިން، ހުރިހާ ރައްޔިތުން ގޭގައި މަޑުކުރުމަކީ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެގޮތުން، ސަރުކާރުން ފިޔަވަޅުތައް އަޅަމުންދަނީވެސް ސިއްހީ ތަޖުރިބާކާރުން ލަފަޔާއެކު ކަމަށެވެ.

ރައީސް ސޯލިހު މިއަދު ވަނީ ރާއްޖޭން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ. އެގޮތުން، އަންނަ ހުކުރު ދުވަހުން ފެށިގެން ބޭރު އެއްވެސް ގައުމަކުން މީހުން ރާއްޖެއަށް އެތެރެނުވެވޭނަކަމަށް ރައީސް ވިދާޅުވި އެވެ.

މިހާތަނަށް އަށް މީހަކޮރޯނާވައިރަހަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުނުވެ ތިބި އަށް މީހުންގެ ތެރެއިން އިތުރު ތިން މީހަކު ރަނގަޅުވެއްޖެ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވައިފަ އެވެ.

ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސް ފަސްކޮށްދޭން ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފުރަތަމަ ހަ މަސް ފަހުން ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އިންޓަނެޓްގެ އަގަށް ވެސް ހެޔޮ ބަދަލެއް ގެނެސް އެކަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.