ވަން ބިލިއަން ރައިޒިން ކެމްޕޭން މާދަމާ އޭދަފުށީގައި

ފެބްރުއަރީ 2012 ގައި ސެންފުރެސިސްކޯ އިން ވީ.ޑޭ، ފާހަގަކުރުމަށްޓަކައި  އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ގޮތުން ހިންގުނު ގުލޯބަލް އެކްޓިވިޓިސް މޫވްމަންޓގައި، “ވަން ބިލިއަން ރައިޒިން” ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކުން ބައިވެރިވާ ކެމްޕޭން އޭދަފުށީގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެކަމުގައި އިސްކޮށްއުޅުއްވާ ބ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ބުނެފިއެވެ.

 އެ ސެންޓަރުން އީޓީއަށް މަޢުލޫމާތުދިންގޮތުގައި މިދުވަހާއި ގުޅުވައިގެން އޭދަފުށީގައި ވަރަށް ޚާއްޞަ ހިނގާލުމެއް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމުގައި މުނިފޫހިފިލުވުމެގެ ތަފާތު ހަރަކާތްތައްވެސް ފެނިގެންދާނެކަމަށާއި، މިގޮތުން ބޮޑުބެރުގެ ހަރަކާތްތަކާއި، އޭދަފުށީ ވަފާ ޖަމިއްޔާއިން ތައްޔާރުކޮށްފައިވާ “ކޯޑި”  ފެނިގެންދާނެކަމަށް މަޢުލޫމާތުދިނެވެ. މީގެ އިތުރުން ކެމްޕޭނާއި ގުޅުވައިގެން ޝުޢޫރު ފާޅުކުރުންވެސް ހިމެނޭކަމަށް އެފަރާތުން މަޢުލޫމާތުދިނެވެ.

އަންހެނުންނަށާއި އަންހެންކުދިންނަށް އަނިޔާކުރުމާ ދެކޮޅަށް ކުރިއަށް ގެންދެވޭ މި ކެމްޕޭނަކީ ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ހަރަކާތެއްކަމުން މި ހަރަކާތް އޭދަފުށީގައި ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ވީހާވެސް ގިނަބަޔަކު ބައިވެރިވުމަކީ މި ކެމްޕޭން އިންތިޒާމްކުރާ ފަރާތުގެ ވަރަށްބޮޑު އެދުމެކެވެ. ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ 14 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:30 ގައި އޭދަފުށީ ރަސްމީ ފާލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

  1. Avatar
    އެޑަމް

    ކޮބާތަ ފިރިހެނުންނަށް އަނިޔާ ކުރުން ހުއްޓާ ދުވަހަކީ؟؟ އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމު ފިރިހެނުނަށް ޖިސްމާނީ އަނިޔާ ވަރަށް ގިނައިން ލިބޭ އެކަން ހުއްޓާނެ ބަޔަކު ނެތީތަ؟ ހޯޕް ފޯ ވުމަން ، ހޯޕް ފޯ މެން….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.