ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިރާގުން ހާއްސަ ފެސްޓިވަލެއް

“ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް” އާ ބެހޭގޮތުން ދިރާގާއި ކެއާ ސޮސައިޓީގެ އޮފިޝަލުން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ.–ހަވީރު ފޮޓޯ

“ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް” ނަމުގައި  ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ކުޅިވަރު ފެސްޓިވަލެއް ބާއްވަން ދިރާގުން ނިންމައިފި އެވެ.

ދިރާގުން ބުނީ މިފަދަ ހަރަކާތެއް ބޭއްވުމަކީ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އުފާކޮށްލާނެ މާހައުލެއް ފަހިކޮށްދިނުންކަމަށެވެ.

މިއަދު ހަވީރު 4-6 އަށް ހެންވޭރު ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައި އެ ހަރަކާތުގައި ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަފާތު ސްޓޯލްތައް ހުންނާނެކަމަށާއި، މި ހަރަކާތުގައި 120 ކުދިންނަށް ބައިވެރިވާނެކަމަށް ދިރާގުން ބުންޏެވެ.

ދިރާގެ މާކެޓިން އެގްޒެކްޓިވް އިމްޖާދު ވިދާޅުވީ، މި ފެސްޓިވަލްގައި ތަފާތު ވިހި ކުޅިވަރެއް ހިމަނާފަވާއިރު، ކޮންމެ ކުޅިވަރެއްގައިވެސް ބައިވެރިކާ ކުދިންނަށް ހާއްސަ ޓްރޮފީއެއް ލިބޭނެ ކަމަށެވެ. އަދި މި ކުދިންގެ ހަރަކާތްތައް ބެއްލެވުމަށް ވިހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެއްވުމަށް އެދިވަޑައިގަންނަވާކަމަށް އިމްޖާދު ވިދާޅުވި އެވެ.

އެ ފެސްޓިވަލްގައި ބައިވެރިވަނީ އިމާދުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ކެއާ ސޮސައިޓީ އާއި އޯޓިޒަމް އެސޯސިއޭޝަނާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.