ވަފާ ޖަމިއްޔާއިން ޑިނާ ނައިޓެއް ބާއްވަނީ

ވަފާ ޖަމިއްޔާގެ ޑިނާ ނައިޓްގެ އިސްތިހާރެއް

 

ބ. އޭދަފުށީ ޖަމިއްޔަތުލް ވަފާއިން އިސް ނަގައިގެން މޯލްޑިވިއަން ޑިނާ ނައިޓެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ރިޒާ މިއަދު ވިދާޅުވީ އަންނަ މާޗު 8 ވަނަ ދުވަހުގެރޭ މިރޭ 8:30 އިން 10:30 އަށް ވަފާ ޖަމިއްޔާގެ ހޯލުގައި ބާއްވާ ޑިނާ ނައިޓްގެ ބޭނުމަކީ ޖަމިއްޔާއިން ހިންގާ ތަފާތު އެކި ޕްރޮގްރާމުތަކަށް ފައިސާ ހޯދުން ކަމަށެވެ.

ރިޒާ ވިދާޅުވީ ޑިނާ ނައިޓުގައި ލައިވް މިއުޒިކާއި ވަފާ ޖަމިއްޔާގެ އަންހެންވެރިންގެ ސަގާފީ ނެށުން ފަދަ ބައެއް އައިޓަމްތައް އިތުރުން ބޮޑުބެރާއި ޖާދޫ ހެދުންފަދަ އައިޓަމްތައް ވެސް ހުށަހަޅާނެ ކަމަށެވެ. މީގެ އިތުރުން މި ޑިނާ ނައިޓްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ އާއި ހަމޭޝްގެ އައިޓަމެއްވެސް ފެނިގެންދާނެ ކަމަށް ވަފާ ޖަމިއްޔާއިން ބުނެއެވެ.

މި ޑިނާ ނައިޓްގައި އޭދަފުށީ އެޓޮލްކިއުޓް ގްރޫޕްގެ ފަރާތުން މިދިޔަ އަހަރު މޭ މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ލަކީ ޑްރޯ ޕްރޮމޯޝަންގެ ގުރުނަގާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ޑިނާ ނައިޓުގެ ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. 12 އަހަރުން ދަށުގެ ކުދިންނަށް 50ރ އަށެވެ. މި ޑިނާ ނައިޓަށް ޓިކެޓް ނަންގަވައިގެން އަގުހުރި އެތައް އިނާމެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފަ އެވެ.

“އޯވަނައިސް ގެ ފިހާރަތަކުންނާއި މިއަތޮޅު ރިސޯތްތަކުގެ ޓަކްޝޮޕް ތަކުން ޓިކެޓް ވިއްކަމުން ގެންދާނީ. މިހާރު ވެސް ޓިކެޓް ވިއްކަމުން އެބަ ގެންދޭ،” ރިޒާ ވިދާޅުވި އެވެ.

މި ޑިނާ ނައިޓް ސްޕޮންސާ ކޮށްފައިވަނީ ދިރާގާއި އެޓޮލް ކިއުޓް އަދި އޯވަނައިސް ގްރޫޕްގެ އިތުރުން ފެއިމް ސް ވެއާ އަދި މައުފާ ރެސްޓޯރަންޓްގެ ފަރާތުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. Avatar
    ވަޙީދު

    ޒުވާނުންނަށް ކުލަބު ޖަމުއްޔާ ހިންގަން ދިނުމުގެ ބޭނުމަކީ މިފަދަ ކަންތައްތައް ކުރުން އެއްވެސް ކުލަބަކީ ސިޔާސީ ތަނަކަށްވެއްޖެނަމަ އޭގެ މަޤްޞަދު ޙަޞިލެއްނުވާނެ. މިރަށުގެ ބައެއްކުލަބުތައް ހިނގަމުންދަނީ ސިޔާސީ ޕާރޓީތައް ހިނގާ އުޞޫލުން އެހެންވެ މަޤްޞަދު ޙާޞިލްނުވަނީ. މިސާލަކަށް ސީ ސީ ބަލާ؟؟؟؟؟؟؟؟؟؟؟؟؟

    ރައްދު
  2. Avatar
    ޕަކާސް

    ކާކުތަ މޮުޔަވެގެން އުޅެނީ ތިކަހަލަ ކެއުމެއް ނުލިބިގެން އެވެސް 100 ރުފިޔާ ދީފަ ……..އެއަށްވުރެ ރަނގަޅުވާނެ މިރަށުގެ ހޮޓަލަކުން ކެއުމެއް ކެޔަސް ….

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.