ކޮވިޑް-19: މާލެއިން ތިން ވަނަ މީހަކަށް ވައިރަސް ޖެހިއްޖެ

މާލޭގައި މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަނީ: 14 މީހަކު ވަނީ އެކަހެރިކޮށްފައި – އަހުމަދު އަޝްހާދު | އަވަސް

މާލެއިން ތިން ވަނަ މީހަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ވައިރަހަށް މާލެއިން ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ.

އެޗްޕީއޭ އިން ބުނީ މި މީހާއަކީ މިއަދު ހެނދުނު މާލެއިން ޕޮޒޮޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ބަދަލުކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މާލެއިން ކޮވިޑަށް ޕޮޒިޓިވްވި ތިންވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަށްވަނަ ދިވެހި މީހާއެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ބައްޔަށް މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާގެ ދަރިފުޅު ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ހާމަކޮށްފައެވެ.

މާލެއިން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

މާލެއިން މިއަދު ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ މިފަހުން ރާއްޖެ އަށް ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށާއި އަދި މީގެކުރިން ރާއްޖެ އަށް ޕޮޒިޓިވްވި މީހަކާ ވެސް އެމީހާ ކޮންޓެކްޓް ވެފައި ނުވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.



ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.