ކޮވިޑް-19: ޓެލިކިލާސްތައް މެދުކަނޑާލައިފި

މިއަދުން ފެށިގެން ވަކި ގޮތެއް އަންގަންދެން ރާއްޖޭގެ ޓީވީތައް މެދުވެރިކޮށް ގެނެސްދެމުންދާ ޓެލިކިލާސްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ އިއްޔެމެންދުރުފަހުން ފެށިގެން 24 ގަނޑިއިރުގެ މުއްދައްތަކަށް މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން ވަކި ގޮތެއް އަންގަންދެން ޓެލިކިލާސްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ޓެލި ކްލާސް ޕްރޮގްރާމަކީ ގްރޭޑް 10 ގެ ކުދިންނަށާއި އޭ.އެސް ލެވެލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްސަ ޕްރޮގްރާމެކެވެ. އަދި މި ހަފްތާ އިން ފެށިގެން ދަށް ގުރޭޑްތަކުގެ ދަރިވަރުންނަށް ވެސް މި ޕްރޮގްރާމް ވަނީ ފަށާފައެވެ.

މާލެ 24 ގަޑިއިރުގެ މުއްދަތަކަށް ލޮކްޑައުންގެ ހާލަތަށް ގެނެސްފައިމިވަނީ، މާލެ އިން ކޮވިޑަށް ދިވެއްސަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ މާލެ ފުލޫ ކްލިނިކަށް ދެއްކުމުން ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އަދި ރޭ އިތުރު ދެ މީހަކާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފަ އެވެ. މިހާތަނަށް 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.