“ރަށު މެދުގައި ޖަންގައްޔެއްތަ؟”

އޭދަފުށީ ގަބުރުސްތާނުގައި ހުއި ގަސްތައް ބޯވެފައި
އޭދަފުށީ ގަބުރުސްތާނުގައި ހުއި ގަސްތައް ބޯވެފައި

އިމުގެތެރޭގައި އިންދާފައިވާ ހިޔާދޭ ބޮޑެތި ގަސްތަކުން މަގުތަކަށް ހިޔާއެޅި ހިތަށް ހިތްހަމަޖެހުން ގެނުވައެވެ. ބޮޑެތި ގަސްތަކުން ކިތަންމެވަރަކަށް ފަތް ފޭބިނަމަވެސް ވަށައިގެންވާ މަގުތައް ވަރަށް ސާފުތާހިރެވެ. އެކަމާ ގުޅޭގޮތުން ޝަކުވާއެއް ކުރެވޭނެ ޖާގައެއްނެތެވެ. އެކަމަކު އިމުއެތެރެއަށް އެޅޭ ފަތްތައް ނުނެގިނަމަވެސް އެތަނުގައި ތިބި މީހުން ޝަކުވާއެއް ނުކުރާނެއެވެ.އެއީ ސާފުނުކޮށް ބޭއްވުމަށް ދެއްކޭނެ ބަހަނާއެއް ނޫނެވެ.

DSC_1149
ވަށާފާރުގައި ހައެއްކަ ފޫޓަށް ހުންނައިރު ބައެއް ހިސާބުތަކުގައި ފާރަށްވުރެ ދެތިންފޫޓު މައްޗަށް ހުއި ގަސްތަކާއި ވިނައިގެގޮތުގައިބެލެވޭ ގަސްތައް ފެންނަން ހުރުމުން އެތެރޭގެ ޙާލަތު ވަޒަންކޮށްލެވެއެވެ. ނުވިތާކަށް ބިޔަކޮށް ހެދޭގަސްތައް ހެދެން ފަށައިފައިވުމުން ވަށާފާރުގެ ސަލާމަތާމެދު ސުވާލު އުފެދެއެވެ. މިކަންކަމާއިމެދު ކަންބޮޑުވާ ކިތައް ބޭފުޅުން އުޅުއްވާނެތޯ އެވެ؟ ޑެންގީ އާއި ޗިކަންގުންޔާ ފަދަ ބަލިބަލިތަކުން ސަލާމަތްވުމަށް މަދުންނަމަވެސް ރަށުގެ ވަށައިގެންވާ ސަރަޙައްދު މަދުބަޔަކު ނުކުމެ ސާފުކުރެ އެވެ. ފޮޓޯގައިއެވާ ތަނަކީ މަދިރިއަށް ރެޑް ޒޯނަކީތޯއެވެ؟

DSC_1101
އެ ބިމުގެ ބެލެނިވެރިފަރާތަކީ ކައުންސިލް އިދާރާކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަން ޔަޤީންވެ ކަށަވަރުވެއެވެ. ތަނުގެ އެތެރޭގެ ހާލަތާމެދު ކަންބޮޑުވެލައްވާނީ ބޮމެއްފަދަ އެއްޗެއް ގޮވީމަތޯއެވެ؟ އެހެނިހެން ރަށްރަށުގައި މިކަން އޮންނަނީ ކިހިނެއް ބާވައެވެ؟ ދެމެހެއްޓެނިވިގޮތަކަށް އެބިން ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި ވަށާފާރުގެ ބޭރުގައި ކުލަލުންކަމަށް ދެކިގެން ނުވާނެއެވެ. އެބިން ސާފުނުކޮށް އޮތް ސަބަބު ބަލަން ބޭނުންނުވީ އެކަމަށް އެކަށީގެންވާ ސަބަބެއް އޮންނާނެކަމަށް ނުދެކޭތީއެވެ. އެބިން ސާފުކުރުމަށް ބަޖެޓުގައި ފައިސާ ނުހުރެ ނުދާނެކަން ޔަޤީނެވެ. ސާފުކުރާނެ ބަޔަކު ނުވުން އެއީ ޤަބޫލުކުރެވޭ ސަބަބެއްކަމަށް ދެކެނީ ކިތައް ބޭފުޅުން ތޯ އެވެ.

ކަންބޮޑުވެލައްވާ ބޭފުޅުން އޭދަފުށީ ގަބުރުސްތާނު ނޫނީ ސަހަރާ ސާފުކުރަން މިހާރު ނިކުންނަން ވެއްޖެކަމަށް ގަބޫލުކުރަމެވެ.

ގުޅުންހުރި ލިޔުންތައް

9 ކޮމެންޓް

  1. Avatar
    ekuverieh

    ވަރަށް ރަނގަޅު ވާހަކައެއް. ސާފު ބިމެއްގެ ގޮތުގައި ފެންނަންވާ ބިމުގެ ހާލު ހުރީ ހުރިހާ ރަށެއްކަހަލަ ގޮތަކަށް ހަމަ މިފެންވަރުގަ. ފަރުދީގޮތުން މިކަން ކުރާނެ ބައެއް ހޯދުމަކީ ކައުންސިލް ގެ ޒިންމާއެއް. ލާރިދީގެން ނަމަވެސް “އެކަހެރި” ވެފައިވާ މިބިމަށް ކައުންސިލްގެ ލޯތައް ރަނގަޅަށް ހުޅުވަންޖެހޭ. މިލުޔުމުން އެލޯތައް ރަނގަޅަށް ހުޅުވެގެންދާނެކަމަށް އުއްމީދުކުރަން. އަދު އަމަލީގޮތުން މިކަމަށް ހައްލެއް އަންނާނެކަމަށް ވަރަށް އުއްމީދުކުރަން

    ރައްދު
  2. Avatar
    mohamed

    މިކަމުގަައި ޒިންމާވާ ފަރާތްތަައް ނިދިން ހޭލަންވީ ވަގުތު ޖެހިއްޖެ….ރައްޔިތުންގެ މުސާރަ ނަގައިގެން ރައްޔިތުންގެ ލާބަޔާ މަންފާއަށް މަސައް ކޮށްދެއްވުމަށް ކަައުންސިލަށް ދަންނަވަން …

    ރައްދު
  3. Avatar
    Eydhafushi

    ރަށްމެދުގަ އޮތް ގަބުސްތާނާ ޔޫސެންޓަރު ޖަންގައްޔަކަށް ބަދަލުވެފަ، ރަށުގެ ބޮޑެތި މަގުތައް ފެން ހެދި ކޯރުތަކަށް ވަނީ ބަދަލުވެފަ. ބޯޅާދަނޑުކައިރިއާއި، ކުނިކޮށިތައް ކުނިތަކުން ފުރި ބަންޑުންވަނީ، ކައުންސިލްގެ އިމާރާތްތައް (އިންޖީނުގެ، ތެޔޮގެ، މާރަނަ، ބޮޑު ސްޓޭޖް) ވަނީ ފަޅުވެ ވީރާނާވެފަ. ހެދިފައި ހުރި ބަހިއްޔާ އާއި ފެންޕްލާންޓް ހައުސް ފަނާވަނީ، ރައްޔިތުންގެ އެކުވެރިކަމެއް ނެތި ފިތުނައިން ރަށް ފަސާދަވެފަ، ނަމާދު، ހުކުރުކޮށްލާނެ އިމާމުނެއް މުދިމުންނެއް އެފެދިފައެއް ނެތް، ހިނަވާނެ ވަޅުލާނެ މީހަކު ނެތް، ދީނީ ރަގަޅު ނަސޭހަތެއް ދޭނެ މީހަކު ނެތް. ކައުންސިލިގަ ހުރި ލާރިގަނޑުގައި ބަޔަކު ބައްދާ ނުނެއްޓިފަ. ކެޕިޓަލްސިޓީގެ ހާލަތު…އާހިރު ވި ޒަމާނަށް މިދުނިޔެ ކާރިވަނީބާ. ނުވަތަ ދައްޖާލުގެ ނުލަފާ އަނިޔާ ފާޅުވަނީބާ.

    ރައްދު
  4. Avatar
    AHMED NADEEM

    ވަރަށް ދެރަވެއްޖެ ގަބުރުސްތާނުގެ ހާލަތު ފެނިފައި. ތިމަސައްކަތުގައި މަވެސް ބައިވެރިވާނަން. އެކަމަކު ކައުންސިލުން އެމަސައްކަތް ނުކޮށްފިނަމަ

    ރައްދު
  5. Avatar
    Eydhafushi meehaa

    Mee hama rahmaanbeymen kahala hihvarugadha fahulavaanun miadhu muskulhiveema vaagoi….dhen thibeyny kamehkuran neyngey hus anga haavan thibey meehun….councilorun ves hama ehgoi…saabahey

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.