ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތް ފަށައިފި

5
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރުއާން މުބާރާތުގެ ތެރެއިން- ފޮޓޯ / އިބްރާހިމް މުހަންމަދު

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މިއަހަރުގެ ގުރުއާން ކިޔެވުމުގެ މުބާރާތް ރޭ އެ ސްކޫލުގައި ފަށައިފި އެވެ.

ކީރިތި ގުރުއާނަށް ދޭ އަހަމިއްޔަތު އިތުރުކޮށް، ކުދިންގެ ހިތްތަކުގައި ގުރުއާން ކިޔެވުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެ ސްކޫލުގެ އެކި ގްރޭޑް ތަކުން ގާތްގަނޑަކްށް 200 އެއްހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެ ސްކޫލުން ބުންޏެވެ.

ތައުލީމީ މަރުކަޒުގެ އިސްލާމު ޑިޕާޓްމަންޓުން ބުނީ، މި މުބާރާތަކީ ކުރިއަށްއޮތް އަތޮޅު މުބާރާތަށާއި ގައުމީ މުބާރާތަށް އަމާޒުކޮށް ބާއްވާ މުބާރާތަކަށްވާތީ، މި މުބާރާތުގައި ކޮންމެ އުމުރުފުރާއަކުންވެސް އަދި ދެ ގޮފިންވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އަހަރަކު އެއް ފަހަރު ބާއްވާ ގުރުއާން މުބާރާތަށްބެލެނިވެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށްވެސް ސްކޫލުން ބުންޏެވެ.

ސްކޫލުން ބުނީ މި މުބާރާތް މިރޭ ނިމޭނެ ކަމަށާއި މުބާރާތުގެ ވަނަތަކަށް އަންނަ ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ މާދަމާ ހެނދުނު ބާއްވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.