އަންހެނުންގެ ދުވަހުގެ ކުއިޒްގެ ޗެމްޕިއަންކަން “ޓީމް ފެމިލީ” ހޯދައިފި

އަންހެނުންގެ ދުވަހުގެ ކުއިޒްގެ ޗެމްޕިއަންކަން ޓީމް “ޓީމް ފެމިލީ" ޗެމްޕއަން ޓްރޮފީ އަދި ޗެމްޕިއަންޓީމަށްދޭ 1500ރ ރަމްޒީ ޗެކާއެކު-- ފޮޓޯ ނިއަމިފޮޓޯ / ނަޒީހު
އަންހެނުންގެ ދުވަހުގެ ކުއިޒްގެ ޗެމްޕިއަންކަން ޓީމް “ޓީމް ފެމިލީ” ޗެމްޕއަން ޓްރޮފީ އަދި ޗެމްޕިއަންޓީމަށްދޭ 1500ރ ރަމްޒީ ޗެކާއެކު– ފޮޓޯ ނިއަމިފޮޓޯ / ނަޒީހު

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބ. ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުން ކުރިއަށް ގެންދިޔަ ކުއިޒްގެ ޗެމްޕިއަންކަން “ޓީމް ފެމިލީ” ހޯދައިފިއެވެ.

ޓީމް ފެމިލީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޕީޓީއޭ ޓީމާއި ވާދަކޮށް 140 ޕޮއިންޓް ހޯދައިގެންނެވެ. ޕީޓީއޭ ޓީމަށް ލިބުނީ 120 ޕޮއިންޓެވެ. 2 ދުވަހަށް ބަހާލައިގެން އޭދަފުށީ މަލްޓި ޕާރޕަސް ހޯލުގައި ކުރިއަށް ގެންދިޔަ މި ކުއިޒްގައި ޖުމްލަ 11 ޓީމް ބައިވެރިވިއިރު މުބާރާތުގެ މެޗްތައް ވަރަށް ވާދަވެރިކަމަށް އެ ސެންޓަރުން ބުންޏެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ ތައްޓާއި -/1500 ރުފިޔާއާއި ދެވަނަ ޓީމަށް ހުށަހަޅާފައިވާ -/500 ރުފިޔާގެ އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެޙްމާން ބ. އޭދަފުށީ އިންޖީނުގޭގެ މެނޭޖަރ ޢަލީ ޝަފީގެވެ. މުބާރާތުގެ މެއިން ސްޕޮންސާ އަކީ ބ.އޭދަފުށީ ސަމޫމް އެލްމެނިއަމްސް އެވެ. ކޯ ސްޕޮންސަރުންނަކީ ޖޭ ޕޯޓްރެއިޓްސް އަދި ފެއިމްސް ވެއަރ އެވެ.

ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ވަނީ މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކުއިޒް މުބާރާތެއްގެ އިތުރުން “ގޭތެރޭގެ އަނިޔާ” އާއި ގުޅޭ މަޢުލޫމާތު ސެޝަނެއް އަދި އެކުވެރިކަމުގެ ބަށިމެޗަކާއި، ނެޓްބޯޅަ މެޗެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

5 ކޮމެންޓް

 1. Avatar
  އަރީ

  އަސްލު ހަމަ ހަޖަމްކުރަން އުދަނގޫވަނީ…….. ކާމިޔާބަކީ މަސައްކަތް ތެރިންގެ ޙައްގެ….އެހެންނޫނަސް ހުރިހާ ނީމް ތަކަކަށް ސުވާލާއި ޖަވާބު ކަރުދާސް 5 ދުވަސްކުރިން ދީގެން ތައްޔާރު ވާން ފުރުސަތު ދީ…. އަދި ކުއިޒްގަ ޖަވާބުދޭން ޖެހޭ ސުވާލުތަށް ގުރުއަތުން ނަގައިގެން ކުރިޔަށް ގެންދިޔަ މުބާރާތެއްގަ ” އޮފީހުގެ މުވައްޒަފުގެ އާއިލާ އަށް ޗެމްޕިއަން ކަން ލިބުމުން ދޭހަވަނީ މީގަ މައްސަލަތަކެއް އުޅޭހެން.” ބުނެވޭނެ ޖާގައެއް އޮތް ކަމަކަށް ނުވިސްނޭ…..ބުނެލަން އޮތީ އެއީ ހަމަ ”ޓީމް ފެމިލީ” ބުރަ މަސައްކަތޭ……ހަޖަމް ނުވިޔަސް ހަމަ ސޮރީއޭ ބުނެވޭނީ……

  ރައްދު
 2. Avatar
  ހޯހޯ

  ބައިވެރިއެއްގެ ހައިސިއްޔުން ބުނެލާނީ އަނެންހެން ގޯހެއް ނޫނޭ މުބާރާތް. މުވައްޒަފުންގެ މަސްލަހަތު އޮންނަ ޓީމްތައް ބައިވެރި ނުކުރުމަށް ގޮވާލީމަ ބުނެލަން ބޭނުންވަނީ ގިނަ ޓީމް ތަކަކީ މުވައްޒަފުންގެ މަސްލަހަތު އޮތް ޓީމްތަކޭ. އެތަނުން ކޮންމެ ޓީމަކަށް ޗެމްޕިއަންކަން ލިބުނު ނަމަވެސް މިއަދު މިގޮތަށް ލިޔެވޭނެ. ޓީބީ ޓީމް، ހޮސްޕިޓަލް ޓީމް، ޕޮލިސް ޓީމް އަދި ޕީޓީއޭ ޓީމަކީވެސް މަސްލަހަތު އޮތް ޓީމްތައް. އެހެންވީމަ ތިވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނޫން.

  ރައްދު
 3. Avatar
  މުޙައްމަދު ޖަޒްލާން

  މުވައްޒަފުންގެ މަސްލަހަތު އޮތްބަޔަކަށް ޗެމްޕިއަން ލިބުނީމަ ސުވާލު އުފެދޭ.

  ރައްދު
 4. Avatar
  މުޙައްމަދު ޖަޒްލާން

  އަހަރުން ހަމަ ކަޓުވާލީ. ފޭކު ބައެއް މީ ޖެންޑަރ މީހުން. ދެން މީގެފަހުން ޖެންޑާއިން ކުރާ ކަމެއްގަ ބައިވެރިނުވާން ބައިއަތު ހިފާއިފިން.

  ރައްދު
 5. Avatar
  ޢަލީ

  އެއްވެސް އިންސާފެއް ނޫން މިކުއިޒެއް!!! ކުއިޒް ބޭއްވި އޮފީހުގެ މުވައްޒަފުގެ އާއިލާ އަށް ޗެމްޕިއަން ކަން ލިބުމުން ދޭހަވަނީ މީގަ މައްސަލަތަކެއް އުޅޭހެން. މުވައްޒަފުންގެ މަސްލަހަތު އޮންނަ ޓީމުތައް ބައިވެރި ނުކުރުމަށް ގޮވާލަން. މީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނޭ.

  ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.