ހަތަރު އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ބ. މާޅޮހު “މުނިޔަ” ލޯންޗުން އަނެއްކާވެސް މި އަތޮޅުގެ ބައެއް ރަށްރަށާއި މާލެއާ ދެމެދު ފެރީ ލޯންޗުގެ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
ދަތުރުތައް އިންތިޒާމުކުރާ މުނިޔަ ލޯންޗުގެ މާޅޮހު އެޖެންޓުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އަހަރުތަކަށްފަހު އަލުން ދަތުރުތައް ފަށަން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. މިފަހަރު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާޅޮހުގެ އިތުރުން އޭދަފުއްޓާއި ދަރަވަންދޫ އަދި ދޮންފަނަށެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދަތުރުތަކުގެ ޓިކެޓްގެއަގަކީ ކޮޅަކަށް 375ރ. އެވެ.
އެ ފަރާތުން ބުނި ގޮތުގައި މާލެ އާއި ބ. އަތޮޅާ ދެމެދު ފެރީދަތުރުތައް ފެށުމުގެ ބޭނުމަކީ ހެޔޮ އަގެއްގައި ދަތުރުފަތުރު ކުރެވޭނެއިންތިޒާމެއް ހަމަޖެއްސުމެވެ. މުނިޔަ ލޯންޗުން ޓިކެޓް ހޯއްދެވުމަށް ގުޅުއްވާނީ މާޅޮހުންނަމަ 7772699 ވަނަތަ 7793863 ނަންބަރު ފޯނާ އެވެ.
މުނިޔަގެ ދަތުރުތައް އަލުން ބ. އަތޮޅުގެ ބައެއް ރަށްރަށަށް ފަށަށް ތައްޔާރުވަމުންދާއިރު ސޭލަމް ފެރީ އާދި އެޓޯލް ކިއުޓް ފެރީ ސާވިސަސް އިން ފެރީ ލޯންޗުގެ ހިދުމަތް އަންނަނީ ދެމުންނެވެ.