ބިޒްނަސްގެ ޑިގްރީ ކޯހެއް ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ފަށަނީ

ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް. އަންނަ މޭ މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައި-- ފައިލް ފޮޓޯ
ވިލާ ކޮލެޖް އޭދަފުށީ ކެމްޕަސް. އަންނަ މޭ މަހު ފަށާ ކޯސްތަކަށް ވަނުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލައިފައި– ފައިލް ފޮޓޯ

ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީ ކޯހެއް ފެށުމަށް ވިލާ ކޮލެޖުން ނިންމައިފި އެވެ.

ވިލާ ކޮލެޖްގެ އޭދަފުށީ ކެމްޕަހުގެ މޭ މަހުގެ އިންޓޭކްގައި އިއުލާންކުރި އެ ކޯހަކީ ތިން އަހަރު ދުވަހުގެ ކޯހެކެވެ. އޭލެވެލް އިން ދެ މާއްދާއިން އީ ފާހަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ އެ ކޯހުގެ ކޮންމެ ސިމެސްޓާ އެއްގައި 12،500ރ، ދައްކަން ޖެހެ އެވެ.

ބިޒްނަސްގެ ޑިގްރީ ކޯހާ އެކު ޕްރައިމަރީ ޓީޗިން ފައުންޑޭޝަން ކޯހެއް ވެސް މި އަހަރު އަލަށް ވިލާ ކޮލެޖުން އޭދަފުށީ ކެމްޕަހުގައި ވަނީ ތައާރަފްކޮށްފަ އެވެ. އަދި އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ސެޓްފިކެޓް ލެވެލް އާއި ފައުންޑޭޝަން ލެވެލްގެ ކޯސްތަކެއްވެސް އަންނަ މޭ  މަހު ފަށާ އިންޓޭކްގައި ހިމަނާފައި ވެ އެވެ. ތިން މަސްދުވަހުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކަށް 6000ރ، ދައްކަންޖެހޭއިރު އެއް އަހަރުގެ ފައުންޑޭޝަން ކޯސްތަކުގެ ޖުމްލަ ފީ އަކީ 21،000ރ އެވެ.

އަންނަ މޭމަހު ފަށާ އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އޭޕްރިލްމަހުގެ 3 އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ކޯސްތަކާ ގުޅޭ އިތުރު މައުލޫމާތު އަދި އެޕްލިކޭޝަން ފޯމް ވިލާ ކޮލެޖު އޭދަފުށީ ކެމްޕަހުން (ފޯން:6608600) ލިބޭނެ އެވެ.

މިދިޔަ ފެބްރުއަރީމަހު ހުޅުވި ވިލާ ކޮލެޖުގެ އޭދަފުށީ ކެމްޕަހުގައި މިހާރު ވެސް 70 އެއްހާ ކުދިން ކިޔަވަމުން ދެއެވެ. ވިލާ ކޮލެޖުން އޭދަފުށީ ކެމްޕަހުގައި އަންނަ އަހަރު އައިޓީ ޑިގްރީ ކޯހެއް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    Kihaadhoo ބަތްޕޮޅި

    ސެޓްފިކެޓް ލެވެލް 3 ގެ ކޯހަށް 6.000 ރުފިޔާ ދައްކަން ޖެހޭއިރު ފައުންޑޭޝަން ކޯހަށް 21.000 ރުފިޔާ… ހާދަބޮޑު ތަފާތެއް… މީހަމަ ރަނގަޅަށްތަ؟؟؟

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.