އޭދަފުށީގައި ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ބ. އޭދަފުށީ މަގެއްގައި ބަޔަކު މަޑުކޮށްލައިގެން. މިރަށުން މިއަދު ވަނީ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައި

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އޭދަފުށީ ކައުންސިލުން މިއަދު ފަށައިފި އެވެ.

އޭދަފުށީ ކައުންސިލުން ރޭ ކުރި އިއުލާނުގައި ބުނީ، މިއަދުން ފެށިގެން އަންނަ މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 ވަންދެން އެ އިދާރާއިން ޒަކާތް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.

ނަމަވެސް އޭދަފުށީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން 24 ގަޑިއިރަށް ލޮކްޑައުން ކުރަންޖެހޭ ހާލަތަށް ބަދަލުވެއްޖެނަމަ ޒަކާތް ބަލައިގަންނާނެ ގޮތް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.

މި ފަހަރު ފިތުރު ޒަކާތް ދައްކަންޖެހޭ ގޮވާމުގެ އަގު:

  1.  އާދައިގެ ހަނޑޫ- 15ރ.
  2. ތައިލެންޑް ހުދު ހަނޑޫ- 55ރ.
  3.  ބާސްމަތީ ހަނޑޫ (އާދައިގެ) – 60ރ.
  4.  ބާސްމަތީ ހަނޑޫ (މޮޅު) – 70ރ.
  5. ބާސްމަތީ ހަނޑޫ (އެންމެމޮޅު) – 85ރ.
  6. ރަތް ހަނޑޫ – 55ރ.
  7. އާދައިގެ ފުށް – 10ރ.
  8. އާޓާ ފުށް – 55ރ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.