ކޮވިޑް-19: ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް ފައިނުން ކަރާ ހަދިޔާކޮށްފި

ފައިނުން ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް ކަރާ ފޮނުވުމުގެ މަސައްކަތް ކުރަނީ– ފޮޓޯ/ފައިނު އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓުގެ ކަރަންޓީން ފެސިލިޓީއަށް ބައި ޓަނުގެ ކަރާ ރ. ފައިނު ރައްޔިތުންގެ ފަރާތުން ހަދިޔާ ކޮށްފިއެވެ.

މިކަމުގައި އިސްކޮށް އުޅުނު މީހަކު ފައިނު އޮންލައިނަށް ބުނިގޮތުގައި ރޯޔަލް ކަރަންޓީން ފެސިލިޓީއަށް ކަރާ ހަދިޔާ ކުރުމުގެ ބޭނުމަކީ ކަރަންޓީން ފެސިލިޓީތަކުގައި ޢާއިލާ އާއި ދުރުގައި ދުވަސްތައް ހޭދަ ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ. އަދި ކަރަންޓީން ފެސިލިޓީތައް ބެލެހެއްޓުމުގެ ބުރަ މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށްވެސް ހިތްވަރު ދިނުން ކަމަށް އޭނާ ބުންޏެވެ.

ފައިނު ރައްޔިތުންގެ ފަރާތުން ހަދިޔާކުރި ކަރާތައް ރޯޔަލް އަށް ގެންދިއުމުގެ މަސައްކަތް ކުރީ އެރިސޯޓާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެވެ.

ކޮންމެ އަހަރެއްގެވެސް  ރޯދަ މަހާ ދިމާކޮށް ފައިނުގައި ގިނަ އަދަދަކަށް ކަރާ ހައްދަ އެވެ. އެގޮތުން މި ރޯދައާ ދިމާކޮށްވެސް އެރަށުގައި ކަރާ ހެއްދުމަށް އަށްޑިހަ އަށްވުރެ ގިނަ ބިން ދޫކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.