އޭދަފުށިން މާދަމާ އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

އޭދަފުށީ އިންޖީނުގޭގެ ޕެނަލް ބޯޑުގެ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު އެއް ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.

މިކަން އަންގައި އޭދަފުށީ އިންޖީނުގެއިން އާއްމުކުރި ނޯޓިސްއެއް ގައި ބުނީ ޕެނަލް ބޯޑު މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާލަން ހަމަޖެހިފައި ވަނީ ހެނދުނު 9:00 އިން 10:00އަށް ކަމަށެވެ.

އަދި ކަރަންޓް ކެނޑުމާގުޅިގެން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އިންޖީނުގޭގެ ނޯޓިސްގައި ބުންޏެވެ.

އޭދަފުށީ އިންޖީނުގޭގެ ޕެނަލް ބޯޑުގެ މަރާމާތަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައެވެ. މިގޮތަށް ޕެނަލް ބޯޑުގެ މަސައްކަތަށް މުޅި ރަށުން ކަރަންޓް ކަނޑާލާއިރު، ރޭވިފައިވާ ގޮތަށް އިތުރު މައްސަލައެއް ކުރިމަތިނުވެ މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ ކަނޑައެޅިފައިވާ ވަގުތަށްވުރެ ކުރިން ވެސް ކަރަންޓް ދެ އެވެ.

މިކަމާ ގުޅިގެން ފެނަކަ އިން ބުނީ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޖީނު ރޫމު ބޮޑުކޮށް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭދަފުށީގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ފެނަކައިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިންޖީނު ރޫމު ބޮޑުކޮށް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.