ކާބޯތަކެތީގެ ގިނަ ބާވަތްތައް މިހާރު އުރީދޫ މޫލީ މެދުވެރިކޮށް ލިބޭނެ

އުރީދޫ މޫލީ މެދުވެރިކޮށް އާންމު ދިރިއުޅުމުގައި ބޭނުންކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ޑެލިވާ ކުރަން ފަށައިފިއެވެ.

އުރީދޫ އިން ބުނީ ކޮވިޑް19 އާއި ގުޅިގެން ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ސަބަބުން، ފެން، މަސް އަދި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ފޯރުކޮށްދޭ ފަރާތްތަކުން އޮންލައިންކޮށް ކަސްޓަމަރުންނާއި މުއާމަލާތްކުރުމަށާއި އުފެއްދުންތައް ޑެލިވާކުރުމަށް މޫލީގެ އެހީތެރިކަމަށް އެދެމުންދާ ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީ ވުމުގެ ގޮތުންނާއި، ކަސްޓަމަރުން ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ވިޔަފާރިކުރުމުގެ ފުރުސަތު ދިނުމަށް އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ވިއްކާ ވިޔަފާރިތަކާ ގުޅިގެން މޫލީ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ އެޑްރެސްތަކަށް ކާބޯތަކެތި ފޯރުކޮށްދެމުންދާ ކަމަށެވެ.

މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއިއެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށާއި ހިލޭ ވެއަހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބޭނެއެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ވިއްކާ ތަކެތި ފޯރުކޮށްދެވޭނެއެވެ.

ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީ މެދުވެރިކޮށް އެ ފުރުސަތު ލިބޭނެއެވެ. ސޯޝަލް މީޑިއާ ޕޭޖެއް މެދުވެރިކޮށްކުރާ ވިޔަފާރިއެއް ކަމުގައިވިޔަސް، ސުޕަރމާރުކޭޓްއެއް ކަމުގައިވިޔަސް އަދި ކަންމަތީ ފިހާރައެއް ކަމުގައިވިޔަސް މޫލީއިން މަރުހަބާ ކިޔާ ކަމަށް އުރީދޫ އިން ބުންޏެވެ.

ކުދި ވިޔަފާރިތަކަށް މި ހާލަތުގައި ކުރިމަތިވެފައިވާ ދަތިކަމަށް ލުޔެއް ހޯދައިދީ، މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ހިންގުމަށާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމަށް އެހީތެރިވުމުގެގޮތުން، މޫލީއިން ވަނީ ޕްލެޓްފޯމް ފީ ނެގުން ވެސް ހުއްޓާލާފައެވެ. މޫލީ މެދުވެރިކޮށް މިހާރު އެންމެ 24 ގަޑިއިރުގެ ތެރޭގައި ވިޔަފާރިތައް އޮންލައިންކޮށް ހިންގަން ފެށޭނެއެވެ

މޫލީއާ އަލަށް ގުޅިފައިވާ ފަރާތްތަކުގެ ތެރޭގައި:

  • ހޮރައިޒަން ފިޝަރީޒް – މާންދޫ މަސްދަޅު ކ،ޭސް ޓޫނާ މަސްދަޅު ޗަންކްސް އިން އޮއިލް/ބްރައިން
  • ސަޕްލައި އެމްވީ ބީ2ބީ ޕްލެޓްފޯމް – އެންޒީ ޓޫނާ އިން އޮއިލް/ބްރައިން ކޭސް، އެންޒީ ގިތެޔޮ މިރުސް ސޯސް އަދި އެންޒީ ރިހާކުރު ފުޅި
  • ތާޒާ ފެން – 330މލ، 500މލ، 1500މލ އަދި 5ލ ފެން ފުޅީގެ ކޭސް (ކޮންމެ އޯޑަރަކަށް 5 ކޭސް)
  • ކޮންފޫޑް- އެޑިންބޮރޯ ސޯސް، ޖޫސް، ޖޭމް އަދި މިޔޯޖޯ ކަޕް ނޫޑްލްސް

މޫލީއަކީ އޮންލައިން ޕޭމަންޓް، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ، އީޒީ ރިޓާންސް އަދި ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު، ކަސްޓަމަރުންނަށް ޔަގީންކަމާއިއެކު ވިޔަފާރިކުރުމުގެ ފަސޭހަކަން ފަހިކޮށްދޭ ޑިޖިޓަލް ޝޮޕިން ޕްލެޓްފޯމްއެކެވެ.

މުޅިން ތަފާތު އީ-ކޮމާސް ބާޒާރެއްގެ ގޮތުގައި 2019 ވަނަ އަހަރުގެ އޯގަސްޓްމަހު ތައާރަފްކުރި މޫލީ މެދުވެރިކޮށް، މިހާރުވެސް 10000 އަށް ވުރެ ގިނަ ޑެލިވަރީ ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދީފައިވާކަމަށް އުރީދޫ އިން ބުންޏެވެ.

އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.