ކޮވިޑަށް ބ. އަތޮޅު ހޮސްޕިޓަލް އޮތީ ތައްޔާރަށް

ބ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކާ އެކު ބަލި މީހަކު އަތުވެއްޖެ ނަމަ އަމަލުކުރާނެ އުސޫލްތަކަށް ހޮސްޕިޓަލް އޮތީ ތައްޔާރަށް ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނެފި އެވެ

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު، މުހައްމަދު ރަޝީދު ވިދާޅުވީ ކޮވިޑް ފަރުވާ އަށް ހަދާ އިމާރާތުގެ 78 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެތަނުގައި އެންމެ ހާލު ބޮޑު މީހުންނަށް ވެސް ފަރުވާ ދެވޭނެ ކަމަށެވެ. ކޮވިޑަށް ޚާއްސަކޮށްގެން ބ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ 20 އެނދާއި 37 އައިސޮލޭޝަން އެނދު ގާއިމުކުރާނެ އެވެ.

މި ބަލީގައި އެންމެ ހާލު ބޮޑުވާ މީހުންނަށް ފަރުވާދޭން އައިސީޔޫއަކާއި ވެންޓިލޭޓަރާއި ހުރިހާ ވަސީލަތްތަކެއް އަދި އެއްވެސް ސަރަހައްދަކަށް ހަމައެއް ނުވެ އެވެ.

އެކަމަކު ހޮސްޕިޓަލްތަކުން ބުނިގޮތުގައި ބަލި މީހާ ވަގުތުން މާލެ ފޮނުވަން ނުޖެހި ފަރުވާ ފެށޭނެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެސްޕީއޯއާ އެއްގޮތަށް ހޮސްޕިޓަލުގެ ކަންކަން އަންނަނީ ތަރުތީބުކުރަމުންނެވެ.

މުހައްމަދު ރަޝީދު ވިދާޅުވީ އައިސީޔޫ އަށް ބޭނުންވާ ވެންޓިލޭޓަރުތައް ވެސް މިހާރު ވަނީ އައުމުގެ މަގުމަތީގައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

“އެހެންވެ ކޮމިއުނިޓީ ސްޕްރެޑަކަށް ދިޔައަސް ލަސްތަކެއް ނުވެ މިކޮޅުގައި ފަރުވާ ފެށޭނެ ކަމަށް މި އުއްމީދުކުރަނީ،” ރަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލީގެ މީހުންގެ ފަރުވާ ކުރިއަށް ގެންދަނީ ވަކިންނެވެ. އެކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ސްޓާފުން ވެސް މިހާރު ވަނީ ތަމްރީންކޮށްފަ އެވެ. އަދި އެ ހޮސްޕިޓަލުގައި މިހާރު ވަނީ އެ ކޮވިޑް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއްވެސް ގާއިމުކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ އެހެން ހޮސްޕިޓަލްތަކެކޭ ވެސް އެއްގޮތަށް އެ ހޮސްޕިޓަލުގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާ އެކުގަ އެވެ. ބަލި މީހަކު ފެނިއްޖެ ނަމަ ފަރުވާގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދާއި ކްރިޓިކަލް ކެއާ އަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރަމުން އަންނަނީ އައިޖީއެމްއެޗުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.