ރޯޔަލް ކަރަންޓީން ފެސިލިޓީއަށް މާޅޮހު ރައްޔިތުންގެ ފަރާތުން ރޯދަ ވީއްލުމެއް

ބ. މާޅޮހު ރައްޔިތުންގެ ފަރާތުން ރޯޔަލް އައިލެންޑް ކަރަންޓީނު ފެސިލިޓީގައި ތިބި 180 މީހަކަށް ރޯދަ ވީއްލުން ދީފި އެވެ.

މާޅޮހު ރައްޔިތުންގެ މި ހަދިޔާ ފޮނުވީ، އެ ފެސިލިޓީގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންގެ އިތުރުން ކަރަންޓީނުގައި ތިބި ފަރާތްތަކަށް ހިތްވަރުދީ އެ މީހުންނާއެކު ތިބިކަން އަންގައިދިނުމުގެ ގޮތުންނެވެ.

މިކަމުގައި އިސްކޮށް އުޅުނު މާޅޮސް އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓް (މޭސް) ގެ އޮފިޝަލަކު ބުނީ އެރަށު ކޮންމެ ގެއަކުން ކަހަލަ ގޮތަކަށް މި ރޯދަވީއްލުމަށް ތަކެތި ހަދިޔާ ކުރި ކަމަށެވެ.

“އަޅުގަނޑުމެން މި ޖަމިއްޔާއިން ބޭނުންވީ ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނު ފެސިލިޓީތަކުގައި ތިބި ފަރާތްތަކާއެކު ތިބިކަން އަންގައިދިނުން. އަދި ކޮންމެ ބަޔަކަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެކަން ދައްކައިދޭން ބޭނުންވީ، މިކަމަށް ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ސްޕޯޓެއް ލިބުނު،” މޭސް ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް ރޯދަމަހު އެކި ފަރާތްތަކުން އަންނަނީ ތަފާތު އެހީތައް ވަމުންނެވެ. އެގޮތުން މިއަތޮޅު ހިތާދޫ ރައްޔިތުންގެ ފަރާތުން ތަރާވީހެއް ދީފައިވާއިރު، ރ ފައިނު ރައްޔިތުންގެ ފަރާތުން ވަނީ ބައި ޓަނު ކަރާވެސް ހަދިޔާކޮށްފަ އެވެ.

މާލެތެރޭގައި، ހަލުވިކަމާ އެކު ފެތުރޭ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެކި ކަރަންޓީން ފެސިލިޓީތަކުގައި މިހާރު ވެސް ގިނަ އަދަދެއްގެ މީހުން އެބަތިއްބެވެ. ކޮންމެ މީހެއްގެ ކެއުމާއި އެހެނިހެން ކަންކަމަށް ސަރުކާރުން އަންނަނީ ދުވާލެއްގެ މައްޗަށް 750ރ. ހަރަދުކުރަމުންނެވެ.

ފަރުވާއެއް މިހާތަނަށް ހޯދިފައި ނުވާ ބައްޔަށް ރާއްޖެއިން މިހާތަނަށް 1020 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 46 މީހަކު ރަނގަޅުވެ، މިހާރު ފަރުވާ ދެމުން އަންނަނީ 970 މީހުންނަށެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް 4 މީހުން ވަނީ މަރުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.