ލޮކްޑައުން ނެތް ރަށްރަށުގެ މިސްކިތް ތަކުގައި މާދަމާ ނަމާދުކުރަން ފަށަނީ

ކޮވިޑް-19ގެ ބަލި ނެތް ރަށްރަށުގައި މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތާއެކު މިސްކިތްތައް ހުޅުވާލަން ނިންމައިިފި އެވެ.

އެކަން ހާމަކޮށްފައިވަނީ މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

އެގޮތަށް ހުޅުވާލެވޭނީ ކޮވިޑްގެ ބަލި ނެތް ރަށްރަށުގެ މިސްކިތްތައް ކަމަށާ އަދި މިސްކިތްތައް ހުޅުވާލި ނަމަވެސް ޖަމާއަތުގެ ނަމާދު ކުރެވޭނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

” މީގެ މައްޗަށް ބިނާކޮށް މިސްކިތުގެ ޖަމާއަތްތައް ފަށަން ކަނޑައެޅޭ ވަކި ރަށްރަށެއްގައި. އެ ބޭފުޅުން ލަފާ ދެއްވާފައިވޭ އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނިދިއުމާއި މުސައްލަ ހިފައިގެން އަދި ވުލޫކޮށްގެން ވެސް މިސްކިތަށް ދިއުން. އަދި މިސްކިތުގައި ގިނަ އިރު ނުކުރުމަށާއި މާސްކް އަޅަން ވެސް. މި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މާދަމާ ހުކުރު ނަމާދުން ފެށިގެން ލޮކް ޑައުން ނެތް ރަށްރަށުގައި މިސްކިތްްތައް ހުޅުވާލާނެ.،” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަނޑައެޅޭ ވަކި ރަށްތަކުގައި މާދަމާ ހުކުރު ނަމާދުގެ ޖަމާއަތަށް މިސްކިތްތައް ހުޅުވާލާނެ ކަމަށެވެ. އެ ރަށްށަކީ އެޗްޕީއޭގެ މޮނިޓަރިންގައި ނުވާ ރަށްތައް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ އިސްލާމިކް މިނިސްޓްރީގެ މި ނިންމުނާ ގުޅިގެން މާދަމާ ހުކުރު ނަމާދުން ފެށިގެން މިރަށު މިސްކިތްތަކުގައި ވެސް ޖަމާއަތުގައި ނަމާދު ކުރަމުން ގެންދާނެ ކަމަށެވެ. ނަމަވެސް ޖަމާއަތުގެ ނަމާދު ކުރާއިރު ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.