ވެސްޓް ވިންގުން ކަރަންޓީނުގައި ތިބި މީހުންނަށް ރޯދަ ވީއްލުމެއް ދީފި

ރޯޔަލް ކަރަންޓީނު ފެސިލިޓީގައި ތިބޭ މީހުންނަށް ރޯދަވީއްލުމެއް ދޭން ތައްޔާރުކޮށްފައިވާ ތަކެތީގެ ކައިރީގައި ޖަމިއްޔާގެ މެމްބަރުން. ފޮޓޯ/ ވެސްޓް ވިންގް

ބ. އޭދަފުށީގެ އެންޖީއޯއެއް ކަމަށްވާ ވެސްޓް ވިންގްސް ޖަމިއްޔާގެ ފަރާތުން މި އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓު ކަރަންޓީނު ފެސިލިޓީގައި ތިބި 300 އެއްހާ މީހުންނަށް މިއަދު ރޯދަ ވީއްލުމެއް ދީފިއެވެ.

އެ ކްލަބުގެ މީޑިއާ އޮފިސަލް ބުނި ގޮތުގައި ރޯޔަލް ކަރަންޓނުގައި ފަރާތްތަކަށް ރޯދަވީއްލުން ދިނުމުގެ ބޭނުމަކީ ކޮވިޑް-19 ފެތުރޭތީ ކުރިމަތިވެފައިވާ ދަތިކަން ތަހައްމަލް ކުރަމުންދާ ފަރާތްތަކާ އެކު އެ ޖަމިއްޔާގެ މެންބަރުން ވެސް ތިބިކަން ހާމަކޮށްދިނުމެވެ.

އެކުލަބުން ބުނީ ރޯޔަލް ކަރަންޓީނު ފެސިލިޓީގައި ކަރަންޓީނުކޮށްފައި ތިބި މީހުންނަށާއި، އެ މީހުން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މީހުންނަށް އެ ޖަމިއްޔާއިން މިއަދު ރޯދަ ވީއްލުން ދީފައި ވަނީ އެ ކްލަބް މެންބަރުންގެ ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށެވެ.

“ރޯދަ ވީއްލުން ދީފައިވަނީ މި ކްލަބުގެ ހުރިހާ މެންބަރުންނާއި ޚާއްސަކޮށް އަންހެން މެންބަރުން އަދި ހެޔޮއެދޭ ފަރާތްތަކުގެ ވަރަށްބޮޑު އެހީތެރިކަމާއެކ، އެހެންވެ އެ ފަރާތްތަކަށް ޖަމިއްޔާގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،”  

ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް ރޯދަމަހު އެކި ފަރާތްތަކުން އަންނަނީ ތަފާތު އެހީތައް ވަމުންނެވެ. އެގޮތުން މިއަތޮޅު ހިތާދޫ، މާޅޮސް، ތުޅާދޫން އަދި ގޮއިދޫން ވެސް ވަނީ ރޯޔަލް ކަރަންޓީނު ފެސިލިޓީއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.