އީދުގެ މުނާސަބަތުގައި، އުރީދޫ ކަސްޓަމަރުންނަށް ޚާއްސަ އޮފާ އެއް!

އުރީދޫ މޯލްޑިވްސްއިން ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފޮނުވައިފިއެވެ.

ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި، ޢީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނަށް ޙިއްސާކޮށްލުމަށްޓަކައި، ޙާއްޞަ އޮފަރއެއް މިއަދު ވަނީ އެކުންފުނިން ތައާރަފްކޮށްފައެވެ. މި އޮފަރގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް 3 ދުވަހުގެ މުއްދަތަށް 3 ޖީބީ ޑޭޓާ އެންމެ 75ރ އަށް ބައްލަވައިގަނެވޭނެ އެވެ.

މި އޮފަރ ތައާރަފް ކުރެވިފައިވަނީ ގޭގައި ތބެގެންވެސް ދުރުގައިތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ. މި ޑޭޓާ ޕެކް އެކްޓިވޭޓް ކޮއްލުމަށް:

އުރީދޫ އެޕް އަށް ލޮގް އިން ކޮށްލައްވާ:  http://ore.do/app

  1. އެޕްގެ ސެލްފް ކެއަރ ސެކްޝަންއިން ރިކޮމެންޑެޑް ޕެކޭޖަސް އިޚްތިޔާރު ކުރައްވާ
  2. ގެންގުޅުއްވާ ނަންބަރަށް އެކްޓިވޭޓް ކުރެއްވުމަށް FOR MYSELF ޓެބް އިޚްތިޔާރު ކުރައްވާ, ނުވަތަ ރައްޓެއްސަކަށް މިޕެކް ހަދިޔާ ކުރެއްވުމަށް GIFT A FRIEND ޓެބް ޚިޔާރު ކުރައްވާ
  3. Eid Exclusive ޕެކްގައިވާ (+) ފާހަގައަށް ފިތާލައްވާ
  4. CONFIRM ބަޓަނަށް ފިތާލެއްވުމަށްފަހު ފައިސާ ދައްކަވާ

އުރީދޫގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި ޚާއްސަ އޮފަރ 26 މޭ 2020 ގެ 23:59 ނިޔަލަށް ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ.

“އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ ޢީދު ގޭގައި ފާހަގަކުރަންޖެހިފާ ވީއިރު ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ޢީދުގެ އުފާވެރިކަން ޙިއްޞާކުރުމަށް އަޅުގަނޑުމެންގެ މި ޢީދު އޮފަރ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން.” އުރީދޫގެ މެނޭޖަރ ބްރޭންޑް އެންޑް މަރކޮމްސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

ޢީދު އޮފަރ ގެ އިތުރުން، ރަމަޟާން މަހަށް ޚާއްޞަކޮށްގެން ތައާރަފްކުރި ބައެއް އޮފަރތަކުގެ ތެރެއިން %50 އެކްސްޓްރާ ޑޭޓާ އޮފަރ އަދި 5x ޑެއިލީ ބޯނަސް ޑޭޓާ ހަރޯދަ ތެރޭގައިވެސް ކުރިއަށްދާނެކަމަށް އެކުންފުނިންވަނީ ހާމަކުރައްވާފައެވެ. %50 އެކްސްޓްރާ ޑޭޓާ އޮފަރ ގެ ދަށުން އެކްޓިވޭޓް ކުރައްވާ ކޮންމެ މަންތްލީ ޑޭޓާ ޕެކަކާއި އެކު %50 ޑޭޓާ އިތުރަށް ލިބިވަޑައިގަންނަވާނެއެވެ. 5x ޑެއިލީ ޑޭޓާ ބޯނަސް އޮފަރ ގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ 50 ރުފިޔާ, ނުވަތަ އެއަށްވުރެ މަތީގެ ކޮންމެ ރިޗާރޖަކާއި އެކު 5x ޑެއިލީ ބޯނަސް ޑޭޓާ ލިބިވަޑައިގަންނަވާނެއެވެ. ޑޭޓާ އޮފަރ ތަކުގެ އިތުރުން އުރީދޫއިން ވަނީ އޮޕޯ ފޯނުތަކުގައި ވަނީ ވަރަށް ޚާއްޞަ ޑިސްކައުންޓް އޮފަރ އެއްވެސް ތައާރަފްކޮށްފައެވެ. މި ޑިސްކައުންޓަށް ފަހު އޮޕޯ A1K 52 ޖީބީ ފޯނު މިހާރު އެންމެ 2098.99ރ އަށް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.