ދިރާސީ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފަށަން ނިންމައިފި

އަންނަ އަހަރު ދިރާސީ އާއަހަރު ފަށާނީ އަހަރުގެ މެދުތެރެއިން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ މިއަދު ސޯޝަލް ކައުންސިލްގެ ލަފަޔާއެކު ކަމަށް އެ މިނިސްޓްރީން ނެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ބަދަލު ދާއިމީ ބަދަލަކށް ހަދަން ފެނޭތޯ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ފަހުން ލަސްތަކެއް ނުކޮށް އެކެޑަމިކް ކަލަންޑަރަށް ގެނެވޭނެ ބަދަލުތައް އިއުލާނު ކުރާން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަންނަ އަހަރުގެ ކިޔެވުން އަހަރުގެ މެދުތެރޭގައި ފެށުމަށް ނިންމާފައިވާއިރު އެޑިއުކޭޝަނުން ވަނީ މިއަހަރުގެ އޮކްޓޯބަރު ނޮވެމްބަރު މަހުގައި ބޭއްވުމަށް ތާވަލް ކޮށްފައިވާ ސާނަވީ ނިންމާ އިމްތިހާނުވެސް އަންނަ އަހަރު މޭ ޖޫންގައި ބޭއްވުމަށް ނިންމާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވާތާ މިހާރު ދުވަސްތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.