މަންޑޭގެ އެހީތެރިކަން މިފަހަރު އޭދަފުއްޓަށް

މަންޑޭގެ އެހީ ރަށަކަށް ހަވާލުކުރަނީ. މިއަދު ވަނީ މަންޑޭގެ ފަރާތުން އޭދަފުއްޓަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައި

ހުޅުމާލޭގައި އިމާރާތް ކުރަމުން ގެންދާ ކޭޕާކް ރެސިޑެންސްގެ ވެރިޔާ ހަސަން މަމްދޫހް (މަންޑޭ) ގެ ފަރާތުން ގިނަ އަދަދެއްގެ މާސްކާއި އަންގި ހަދިޔާ ކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން ބުނީ ކޯވިޑް-19 އާއި ގުޅިގެން ރަށުގެ ޓާސްކް ފޯސްކް އަދި ސޯސަލް ސަޕޯޓް ޑެސްކަގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުން ދަތިވެފައިވާ ފޭސް މާސްކާއި އަންގި ހޯދުމަށް ކުރެވުނު މަސައްކަތުން، ކޭ ޕާކުގެ ވެރިޔާ މަމްދޫހު 500 ފޭސް މާސްކާއި 200 އަންގި މިއަދު ހަދިޔާ ކުރައްވާފައި ވާކަމަށެވެ.

އޭދަފުށީ ކައުންސިލުން ވަނީ މިފަދަ ދަނޑިވަޅެއްގައި ކޭޕާކް ރެސިޑެންސްގެ ވެރިޔާގެ ފަރާތުން ހަދިޔާކުރި ތަކެއްޗަށް ޝުކުރު އަދާކޮށްފައެވެ.

މީގެ ކުރިން ވެސް ކޭޕާކުގެ ފަރާތުން ބ. އަތޮޅުގެ ރަށްރަށުގެ އިތުރުން އައްޑޫ ސިޓީގެ ރަށްރަށާއި ހއ. ހދ. އާއި ށ. އަތޮޅާއި ރ. އަތޮޅާއި ގއ، ގދ. ބައެއް ރަށްރަށާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެންއީއޯސީގެ އަދި ގައުމީ ދިފާއީ ބާރަށް ވެސް މާސްކާއި ސެނިޓައިޒާ އާއި އެހެނިހެން ސާމާނާއި އާލާތް ވަނީ ހާދިޔާ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.