އޭދަފުށީގެ 4 ގެއެއްގައި ހަ މީހުން ކަރަންޓީން ކޮށްފި

އޭދަފުށީ މަތިން ނަގާފައިވާ ފޮޓޯއެއް– އީޓީ ފޮޓޯ / އަހްމަދު ޔާނިއު

ހޯމް ކަރަންޓީނުގައި އަމަލުކުރަމުންދާ އުސޫލުގެ ދަށުން ބ. އޭދަފުށީގެ 4 ގެއެއްގައި ހަ މީހަކު ކަރަންޓީން ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ނޯޓިސްގައި ވާގޮތުގައި 14 ދުވަހުގެ މުއްދަތަށް އެ ގެތައް ކަރަންޓީނުކޮށްފައި ވަނީ ކޮވިޑް-19 އަށް މޮނިޓަރ ކުރުމުގެ ގޮތުންނެވެ.

އޭދަފުށިން ކަރަންޓީނުކޮށްފައިވާ ގެ ތައް

  1. ސީޓުމާގެ
  2. ކެތަލިޔާ
  3. އިރުދޭމާގެ
  4. ރަންދެލި

އެޗްޕީއޭ އިން ބުނި ގޮތުގައި 14 ދުވަހުގެ މުއްދަތަށް ނުވަތަ އެ އެޖެންސީ ވަކި އެއްޗެއް އަންގަންދެން، އެ ގެތަކަށް މީހުން ވަދެ ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މާލޭ ސަރަހައްދުގެ ލޮކްޑައުންއާ ގުޅިގެން ރަށްރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށުގައި ކަރަންޓީން ވުމަށްފަހު އަދި ބޭރުން އަންނަ ބޭނުން މީހުން 24 ދުވަސް ވަންދެން ގޭގައި ކަރަންޓީންވާން ޖެހެ އެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓް ހަދައި، ޕީސީއާރު ޓެސްޓް ނެގެޓިވްވުމުން އެމީހަކު ދޫކޮށްމަށެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.