ޓީޗަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނުދެނީ

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް އަދި ރެޑް ކްރެސެންޓާ ގުޅިގެން  ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 400 އަށްވުރެ ގިނަ މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ދީފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ މިހާރު ފެތުރެމުންދާ ކޯވިޑް19އާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެއްކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޮރޯނާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަަންނަ މަހު ކޮވިޑް ނެތް ރަށްތަކުގައި ހުރިހާ ގްރޭޑްތަަކަކަށް ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ. ނަމަވެސް މާލޭގައި ސްކޫލްތައް އަލުން ހުޅުވާނީ ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުންނަށް އެކަންޏެވެ.

ޓީޗަރުންނަކީ ދަރިވަރުންނަށް ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ގާބިލް ބަޔަކަށް ޓީޗަރުން ހެދުމަކީވެސް ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެެވެ.

އެގޮތުން ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި ޓީޗަރުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރާ ކައުންސެލަރުންނަށްވެސް އިތުރު ތަމްރީން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.