ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމައިފި

އަންނަ މަހުގެ 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރ ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖުލައި 15 ވަނަ ދުވަހު، ރާއްޖޭގެ ބޯޑަރު ހުޅުވާލައި ބައިނަލްއަޤްވާމީ ދަތުރުތަކަށް ވައިގެ ބަނދަރުތައް ހުޅުވާލެވޭނެ ކަމަށެވެ. އަދި އެއަށްފަހު ރިސޯޓްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މައި ބޯޑަރު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވާލާއިރު އެންމެ ބޮޑު އެއް ހިންހަމަ ޖެހުމަކީ ރާއްޖެއަކީ ދަތުރުކުރުން ރައްކާތެރި ޤައުމެއްކަން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރްތްކުރާ ޖަރުމަނުވިލާތާއި، ޔޫއޭއީގެ ދޫބާއީންވެސް ކަނޑައަޅާފައިވުންކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ރާއްޖެވެގެންމިދަނީ މި ސަރަހައްދުން މިގޮތަށް ފާހަގަކުރެވޭ ހަމައެކަނި ޤައުމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ވިސްނާއިރު، އަޅުގަނޑުގެ ވިސްނުންހުރީ އިޤްތިސާދީ އަވަސް ރިކަވަރީއަކަށް ވާސިލުވުމަށް. އެކަމައްޓަކައި ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާއި ޚިޔާލާއި، މަޝްވަރާގެ މަތިން ކުރާނެކަންކަން ރާވައި ހިންގުމާއި މިކަންކަމަށް ފައިސާ ހޯދަން ކުރަންޖެހޭ ކަންކަން ކުރުމަށް މިވަނީ ނޭޝަނަލް ޓާސްކްފޯހެއް އެކުލަވާލާފައި” ރައީސް ވިދާޅުވިއެވެ.

މިމަސައްކަތަކީ ސަރުކާރާއި، ސިވިލް ސޮސައިޓީއާ އަދި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދެވޭ ޤައުމީ މަސައްކަތަކަށްކަމަށް ރައީސް ވިދާޅުވިއެެވެ. ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތަކުގައި ރަހުމަތްތެރި ޤައުމުތަކާއި އެހީދޭ ޖަމާއަތްތަކުންދޭ އެހީތަކަށް ރައީސްވަނީ ޝުކުރު އަދާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.