ނިޔާމަ ބޯޓް ފަރަށް އަރައިފި

ބ. އަތޮޅަށް މުދާ އުފުލާ ނިޔާބަ ބޯޓް. — ފައިލްފޮޓޯ

ބ. އަތޮޅުގެ ރަށްރަށަށް މުދާއުފުލާ “ނިޔާމަ” ބޯޓު ހިތާދޫ ފަރަށް އަރައިފި އެވެ.

މާލެއިން މުދާ ހިފައިގެން ދަތުރު ކުރި މިބޯޓު މިރޭ 7:00 ހާއިރު ހިތާދޫ ފަރަށް އެރީ އެރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަމަށްވެ އެވެ. ބޯޓު އަރާފައިވަނީ ނެރު ފައިކަށީގެ އެތެރެއަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު ފުންކުރުމަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ނިޔާމަ ބޯޓް ފަރަށް އެރިއިރު، އޭގައި މިއަތޮޅު ގިނަ ރަށްރަށުގެ މުދާ ހުރިކަމަށްވެ އެވެ. އޭގެ ތެރޭގައި ހިތާދޫ، އޭދަފުށީ އަދި ތުޅާދޫ ވިޔަފާރިވެރިންގެ މުދާ ހުރިކަމަށްވެ އެވެ.

ހިތާދޫ ވާހަކަ ދެއްކި މީހަކު ބުނީ ބޯޓަށް އެހީތެރިވުމަށް ދިޔަ ދެ ޑިންގީވެސް މޫސުން ގޯސްވުމުގެ ބޯޓާ ކައިރި ނުކުރެވިގެން އައިސްފައިވާ ކަމަށެވެ.

“މިހާރު މައުލޫމާތި ލިބޭ ގޮތުގައި ބޯޓަށް ކޮންމެވެސް ވަރަކަށް ދިޔަވަމުން ދަނީ،” ހިތާދޫ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ދުއްވާތާ 12 ވަރަކަށް އަހަރު ވެފައިވާ 80 ފޫޓުގެ މި ބޯޓް މީގެ ކުރިންވެސް އެކި ފަހަރުމަތިން ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

ގުޅުންހުރި ލިޔުންތައް

2 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.