ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް އޭދަފުށީގައި އަޑު އުފުލައިފި

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް އޭދަފުށީގައި މިއަދު ހަވީރު އަޑު އުފުލަނީ

ވަޒީފާއާ ބެހާ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލާ ދެކޮޅަށް އަޑު އުފުލައި އޭދަފުށީގައި ޒުވާނުން މިއަދު މުޒާހަރާ ކޮށްފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާ ދެކޮޅަށް އަޑު އުފުލައި އޭދަފުށީގައި މިއަދު ހަވީރު ބޭއްވި މުޒާހަރާގައި ބައިވެރިވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ޒުވާނުންނެވެ. އެ މީހުން ތިބީ އެ އިސްލާހާ ދެކޮޅަށް އެމީހުންގެ ޝުއޫރު ލިޔެފައި ހުރި ބޯޑުތަކެއް ހިފައިގެންނެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހާމެދު ހިތްހަމަނުޖެހުމުގެ ޝުއޫރުތައް ލިއެފައިވާ އިރު، މަސައްކަތްތެރިން ތިބީ ވަރަށް ހާލުގައި ކަމަށާއި އިނާޔަތްތައް އަވަސްކޮށްދީ، އެ ގާނޫނަށް ހުށަހެޅި އިސްލާހުން މުވައްޒަފުން ބިކަވާނެ ކަމަށް ވެސް ބޯޑުތަކުގައި ލިއެފައިވެ އެވެ.

މީގެ އިތުރުން ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ތިން މަހުން ހަ މަހަށް އިތުރުކުރަން ދެކޮޅު ކަމަށް ވެސް މިރަށުގައި ބޭއްވި މުޒާހަރާގައި ބޭނުންކުރި ބޯޑުތަކުގައި ލިއެފައިވެ އެވެ.

ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު އާއްމުންގެ ފާޑުކިޔުން އެ ބިލަށް ވަނީ އަމާޒުވެފަ އެވެ.
ބިލުގައިވާ މިނޫން ވެސް ބައެއް ބަދަލުތަކާ މެދު އާއްމުން އަންނަނީ ފާޑުކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.