އޭދަފުށީގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ

ބ. އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

ދައުލަތުގެ ބަޖެޓުން 33 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، މި ރަށުގެ 17 މަގެއްގައި ތާރު އަޅާނެ އެވެ.

އޭދަފުށި މަގުތަށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ އެމްއާރްޑީސީ އާ އެވެ. އެ ކުންފުނިން މި މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.

އެމްޓީސީސީ އާއި މި މަސައްކަތް ހަވާލު ކޮށްފައި ވަނީ މި ސަރުކާރުގަ ވެ. ހަވާލު ކޮށްފައި ވަނީ 150 ދުވަސްތެރޭގައި ނިންމާށެވެ.

އޭދަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ

އެ ކުންފުނިން ބުނިގޮތުގައި، ސަރުކާރުން 2019 ގައި އެ ކުންފުންޏާ ހަވާލު ކުރި، އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ތާރު އެޅުމާއެކު، މަގު ފާހަގަ ޖެހުމާއި މަގުތަކުގައި ބައްތި ވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ، ދެ ފަރާތުގައި ޕޭވްމަންޓް ހަދައި، ބޮޑެތި މަގުގެ ދެފަރާތުގައި ގަސް އިންދާ ގޮތަށެވެ.

މި މަސައްކަތް ޖުލައި މަހުގެ ނިމޭނެ ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.