ބ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހަދަން ފަށަނީ

ބ. އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ މިހާރު ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް، އާ ހިދުމަތްތައް ތައާރަފްކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޑައިލިސިސްގެ ހިދުމަތް މިއަހަރު ތެރޭ ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އެ ހޮސްޕިޓަލުގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން ހޮސްޕިޓަލުގެ ދެ ނަރުހަކު ތަމްރީން ކުރުމަށް މިއަދު ރ. އުނގޫފާރު ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ.

ބ އަތޮޅު ހޮސްޕިޓަލުގެ 2 ނަރުހުން ޑައިލިސިސް ޓްރެއިނިންގ ހެދުމަށް ޓަކައި އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެއްމަސް ދުވަހުގެ މުއްދަތަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި..

Posted by BAA ATOLL Hospital on Saturday, 4 July 2020

ރަޝީދު ވިދާޅުވީ ޑައިލިސިސްގެ ހިދުމަތް ބޭނުންވާ ގިނަ އަދަދެއްގެ މީހުން މިސަރަހައްދުގައި މިވަގުތު ވެސް އެބަތިބި ކަމަށާއި މި ޚިދުމަތް އެ ހޮސްޕިޓަލުގައި ފެށޫމުން ޑައިލިސިސްގެ ފަރުވާ ހޯދާ މީހުންނަށް ފަސޭހަކަމާ އެކު، ހިދުމަތް ލިބޭނެ ކަމަށެވެ

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.