އިޔާދަކުރަނިވި ހަކަތަ މަޝްރޫއު އަށް އާއްމުންގެ ޚިޔާލު ހޯދަނީ

ބ. އޭދަފުށި

ވޯލްޑް ބޭންކުގެ އެހީގައި ބ. އޭދަފުށީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިއާދަކުރަނިވި ހަކަތަ އުފައްދައި، ކަރަންޓް ފޯރުކޮށް ދިނުމުގެ މަޝްރޫއު އާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ހަދަން ނިންމައި، އޭގައި ބައިވެރިވުމުގެ ފުރުސަތު އޭދަފުށީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނި ގޮތުގައި މި ސާވޭ އަކީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްތްރީ ގުޅިގެން އޭދަފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ (އެރައިޒް) ޕްރޮޖެކްޓްގެ ދަށުން އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއި، ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި ރަށުގެ ކަރަންޓު ވިއުގަރ ގެ ފެންވަރު ރަނގަޅު ކުރުމާއި މެދު އާންމުގެ ހިޔާލު ހޯދަން ކުރިއަށް ގެންދެވޭ ސާރވޭ އެކެވެ. މި ސާވޭ ކުރާނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށެވެ.

އެހެންވެ ސާވޭގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ވަނީ ހާއްސަ ގޫގަލް ފޯމެއް ފުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ އޭދަފުށީގެ ވީހާ ވެސް ގިނަ ބަޔަކު މީގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މި މަޝްރޫއު ޑިޒައިންކޮށް، ތަރައްގީކޮށް އޮޕަރޭޓްކޮށް، ޓްރާންސްފަ އުސޫލުން 21 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ޖެހެ އެވެ. މި  މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިދިޔަ މާޗް މަހުގެ ތެރޭގައި ހުޅުވައި ބީލަމުގެ މުއްދަތު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

ސާވޭ ފޯމްގެ ލިންކް: https://bit.ly/3f8q4Et

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.