ވެސްޓް ވިންގުން އޭދަފުށި ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ވެސްޓް ވިންގުން އޭދަފުށީގައި އިއްޔެ ފެށީ ގަސް އިންދުމުގެ ހަކަރާތުގެ ތެރެއިން

ބ. އޭދަފުށި ހިއްކިބިން ފެހި ކުރުމުގެ ގޮތުން ވެސްޓް ވިންގްސް ޖަމިއްޔާއިން އިސްނަގައިގެން އޭދަފުށި ފެހިކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

ވެސްޓް ވިންގްސް އިން ބުނީ އޭދަފުށީ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ އެ ޖަމިއްޔާގެ މެންބަރުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

އެގޮތުން އިއްޔެ ހަވީރު ފެށީ މި ޕްރޮގްރާމުގައި ރަށުގެ ދެކުނު ފަރާތު ހިއްކި ބިމުގައި ފިތުރޯނު އަދި ގޮފި އެލޭ 26 ގަސް އިންދާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

“ހިޔާ ބޮޑަށް ލިބޭ، އަވަހަށް ހެދޭ އަވަހަށް ހެދޭ ކަހަލަ ގަސްތަކަށް އިސްކަންދީގެން އިއްޔެ ފެށި ހަރަކާތެއް މިއީ، ގަސްތައް ރަނގަޅަށް ހެދި ގަންނަންދެން ޖަމިއްޔާގެ މެންބަރުން ގަސްތަކަށް ފެންދީ ބަލަހައްޓަމުންދާނެ،” ވެސްޓް ވިންގްސް އިން ބުންޏެވެ.

ވެސްޓް ވިންގުން އޭދަފުށީގައި އިއްޔެ ފެށީ ގަސް އިންދުމުގެ ހަކަރާތުގެ ތެރެއިން

ވެސްޓް ވިންގްސް އިން ބުނިގޮތުގައި އެ ޖަމިއްޔާގެ އަމާޒަކީ ސާފު ރީތި ފެހި ރަށެއްގެ ގޮތުގައި އޭދަފުށި ބޭއްވުމަށްޓަކައި މިފަދަ ގިނަ ހަރަކާތްތައް ގިނަގިނައިން ހިންގުމެވެ.

2017ވަނަ އަހަރު އޭދަފުށީ ހުޅަނގު ސަރަހައްދުގެ ޒުވާނުންތަކެއް އެކުވެގެން އުފެއްދި ވެސްޓް ވިންގް އޭދަފުށި ޖަމްއިއްޔާއިން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.