ގައުމީ އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާ ބެހޭ ކޮމިޓީން ހުޅުވާލައިފި އެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ވަނީ އެ ފުރުސަތު ހުޅުވާލައި ގައުމީ އިނާމާބެހޭ ލިޔުން، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ، މި މަހު ހަތް ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި އަހަރު ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، މިއަހަރުގެ ގައުމީ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ރަައީސް އޮފީހުން ބުނި ގޮތުގައި ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭ ގޮތަށް ހަމަޖައްސައިވެ އެވެ.

އޭގެ އިތުރުން، ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގައުމީ އިނާމު މިއަހަރު ވެސް ދެން ނިންމާފައި ވަނީ، މައިގަނޑު 33 ދާއިރާއަކުންނެވެ. އެ ދާއިރާތަކާއި ދާއިރާތަކުގެ ރޮނގުތަކާ ގުޅޭގޮތުން ސަރުކާރުގެ މިނިސްޓްރީތަކާއި މުއައްސަސާތަކުގެ ހިޔާލު މި އަހަރުވެސް ވަނީ ހޯދާފަ އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކާއި ކުންފުނި، ޖަމިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފަ އެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސާފަ އެވެ.

ރައީސް އޮފީހުން ބުނީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ ސުންގަޑިއަކީ އަންނަ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު 2:00 އެވެ. އަދި މި ފޯމުތައް އޮގަސްޓު މަހުގެ 4 އިން ރަސްމީ ގަޑީގައި ބަލައިގަންނާނެ ކަމަށެވެ. އެ ފޯމު ރައީސް އޮފީހުންނާއި، އޮފީހުގެ ވެބްސައިޓުންވެސް ދޫކުރެ އެވެ.


ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.