ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފި

އާންމު ތަންތަނުގައި އުޅޭ އިރު، މާސްކް އެޅުން މަޖުބޫރު ކަމެއްގެ ގޮތުގައި ސަރުކާރުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް ޓާސްކްފޯހުގެ މިއަދުގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ކުރި ޓުވީޓެއްގައި ބުނީ، ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާދަޔާ ހިލާފަށް މާލެ ސަރަހައްދުގައި މިބަލި ފެތުރިފައިވާ ކަމަށެވެ. އަދި ގޭގައި މަސައްކަތް ކުރެވޭ ނަމަ ވީހާވެސް ގިނަ ފަރާތްތަކުން ގޭގައިމަސައްކަތް ކުރުމަށް ބާރު އަޅާ ކަމަށާއި ބޭރުގައި އުޅުން ވީހާވެސް މަދުކުރަން އެދޭ ކަމަށް ރައީސް އޮފީހުގެ ޓްވީތްގައި ވެއެވެ.

ދެވަނަ ލޮކްޑައުންއަކަށް ނުގޮސް ވާނެ ގޮތަކަށް ކަންކަން ކުރުމަކީ އެންމެންނާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ގެއިން ބޭރަށް ނުކުންނައިރު މާސްކް އެޅުން މަޖުބޫރު ކުރީ ހަމައެކަނި މާލެ ސަރަަހައްދުގައި ކަމެއް ނުވަތަ މުޅި ރާއްޖޭގައި ކަމެއް ސާފެއް ނުވެ އެެވެ. ހެލްތް އެމަޖެންސީ އޮޕްރޭޝަން ސެންޓަރުން ބުނީ މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ އިތުރު ތަފްސީލު ދެއްވާނެ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި މީގެ ކުރިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަކި ވަގުތުތަކެއް ކާފިއު ހިންގާފައިވެއެވެ. އަދި އޭގެ ފަހުން މާލެ ސިޓީ ލޮކްޑައުން ކޮށް ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ.

ނަމަވެސް ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވަމުންދިއުމާއެކު މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފިޔަވަހިތަކަށް ބަހާލައިގެން ލޮކްޑައުންގެ ހާލަތަށް ވަނީ ލުއިދޭން ފަށާފައެވެ. ނަމަވެސް މިފަހުން ކޮވިޑްގެ ބަލި މީހުން ފެންނަ މިންވަރު އިތުރުވެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.