ކޮވިޑް-19: އޭދަފުށީގައި ވެސް މާސްކް އެޅުން މަޖުބޫރު

މާލޭގައި މީހަކު މާސްކަ އަލާއިގެން ދަނީ — ފޮޓޯ/މިހާރު އޮންލައިން

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ، މިވަގުތު ބަލި ފެތުރިފައިވާ ރަށްރަށުގައި ވެސް ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން ސަރުކާރުން މިއަދު މަޖުބޫރުކޮށްފި އެވެ.

މިގޮތަށް ނިންމާ މިކަން އިއުލާން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) މިއަދު ހަވީރު ބޭއްވި މީޑިއާ ބްރީފިންގަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާލޭގެ އިތުރުން މިވަގުތު ބަލި ފެނިފައިވާ 10 ރަށުގައި މާސްކްއެޅުން މަޖުބޫރުކަމަށެވެ.

ކޮވިޑް އެކްޓިވް ރަށްތަކުގެ ތެރޭގައި މިއަތޮޅު އޭދަފުއްޓާއި ހިތާދޫ ހިމެނެއެވެ. އެހެންކަމުން މިހާރު މި ދެރަށުގައި ވެސް މާސްކު އެޅުން މަޖްބޫރުވާނެ އެވެ.

“އަދި ހުރިހާ ރަށެއްގައި ވެސް މާސްކް އެޅުމަށް އެދެން،” ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރަށްރަށަށް ކުރާ ސަޕްލައި ދަތުރުތަކުގައި ވެސް އަދި އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވެސް މާސްކް އެޅުން އެއީ މަޖުބޫރު ކަމެއް ކަމަށެވެ.

” ރަށްރަށަށް ކުރާ ސަޕްލައި ދަތުރުތައް އަޅުގަނޑުމެންނަށް އެއްކޮށް ހުއްޓައެއް ނުލެވޭނެ. އެކަމަކު އެކަހަލަ ދަތުރުތަކުގައި ވެސް އަދި އެއް ރަށުން އަނެއް ރަށަށް ކުރާ ދަތުރުތަކުގައި ވެސް މާސްކް އެޅުން އެއީ މަޖުބޫރު ކަމެއް. މީގެ ބޭނުމަކީ ބަލި ފެތުރެން ފެށިޔަސް އޭގެ ސްޕީޑް ދަށް ކުރުން. މިއަދު މި އަޅާ ފިޔަވަޅުތަކުގެ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓުވުމެއް ނެތް.،” ޑރ. ނަޒްލާ ވިދާޅުވި އެވެ.

ލޮކްޑައުން އަށް ދިން ލުއިތަކާއެކު، ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، ދިވެހިންގެ މެދުގައި އެ ބަލި ފެތުރުން ދަނީ އާންމުވަމުންނެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން އިތުރުވަމުން ދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ބޭރަށް ނުކުމެ އުޅުންވެސް ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. Avatar
    ްައަބޫ

    ޑިސްޕޯސަބަލް މާސްކު ލިބެންއެބަހުރި. ޑެލިވަރީ، ދޯނިފަހަރު. މާލެ، ހުޅުމާލެ، ފޯން 7779485 ވައިބަރ ކޮއްލަށްވާ

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.